Advertisement

ފިޝަރީޒް މިނިސްޓަރާއި އެމިނިސްޓްރީގެ އިސްބޭފުޅުން --

22 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރަން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، މި ލޯނަށް އެދި ހުށައަޅަންޖެހޭނީ އެސް.ޑީ.އެފް.ސީގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށެވެ. އެޕްލިކޭޝަންތައް ލިބޭ މިންވަރަކުން ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރ 2024 ކަމުގައިވެސް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

މިމަޝްރޫޢުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖައްސާފައި ވަނީ، ދޯނި ފަހަރުގައި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރ.އެސް.ޑަބްލިއު ސިސްޓަމް)  ޤާއިމް ކުރުމަށާއި، ޖެނެރޭޓަރު ސެޓް ބެހެއްޓުމަށާއި، ސޯލާ ޕީވީ ސިސްޓަމް ޤާއިމް ކުރުމަށެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫޢުގެ ދަށުން ދެ މިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ލޯނު އަނބުރާ ދައްކަން ފެށުމަށް 6 މަސް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ލައިސަންސް ނަގައިގެން މަހަށްދުއްވާ 50 ފޫޓު ހަމަވާ ކޮންމެ ދޯންޏަކަށް ރަހުނަކާއި ނުލައި މި ލޯނަށް ހުށަހެޅޭނެ ކަމަށާއި، އަމިއްލައަށް ނުވަތަ އެސް.އެމް.އީ ޑެވެލޮޕްމަންޓް ފައިނެންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގައި ރަޖިސްޓަރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް ވެސް މި ފެސިލިޓީ ބޭނުން ކުރެވޭނެ ކަމުގައި ފިޝަރީޒް މިިނިސްޓްރީން ވިދާޅުވެފައިވެއެވެ. 

އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި މިލޯނުގެ ދަށުން އާރ.އެސް.ޑަބްލިއު ސިސްޓަމާއި އެކު ޖަނެރޭޓަރާއި ސޯލާ ޕީވީ ގަނެވޭގޮތަށް ހަމަޖެހިފައި ވާއިރު، ގަންނަ ތަކެތީގެ އަގުން 35 އިންސައްތަ ޑިސްކައުންޓްވެސް ލިބޭ އިރު، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު ދިހަ އަހަރަށް ބަހާލެވޭނެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރު އިފްތިތާޙު ކުރެވުނު މި ލޯނު މަޝްރޫޢު އަލުން މި ހުޅުވާލެވެނީ މަސްވެރިންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށް ލޯނުގެ ބޭނުން ކުރެވޭނެ ގިނަކަންކަން ހިމަނައިގެންނާއި އަދި ލޯނު ދެއްކުމަށް ލުއި ފަސޭހަތަކެއް ދިނުމަށް މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ކަމަށެވެ. އެގޮތުން ގެނެވުނު އެންމެ ބޮޑު ލުޔަކީ މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެ ދަށުން ގަންނަ ތަކެތީގެ އަގުގެ %35 ޑިސްކައުންޓްކުރުމަށް ސަރުކާރުން ނިންމުން ކަމުގައިވެސް އެމިނިސްޓްރީން ފާހަގަކުރައްވާފައި ވެއެވެ.

މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސް ފިނިކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކާއި ލައިވްސް އެންޑް ލައިވްލިހުޑް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.