Advertisement

ގއ. ގެމަނަފުށި އޮޑިވެރިންނަށާއި މަސްވެރިންނަށް ފިޝަރީޒް މިނިސްޓްރީގެ ޓީމުން މައުލޫމާތު ދެނީ --

28 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ފިޝަރީޒް މިނިސްޓްރީގެ ޓީމު ދެއްވަދޫއިން ބޭރުކޮށްލައިފި

މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން މަސްވެރިންނާއި ކައުންސިލްތަކަށް މަޢުލޫމާތު ދިނުމަށް ގއ. ދެއްވަދޫއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމު އެރަށުން ބޭރުކޮށްލައިފިއެވެ.

އެރަށަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމާއި ދެކޮޅަށް، ނުކުމުގެ އެޓީމު ރަށުން ބޭލީ މަސްވެރިންގެ ބައެކެވެ. މަސްވެރިން ފިޝަރީޒް މިނިސްޓްރީގެ ޓީމާއި ދެކޮޅަށް ނުކުތީ މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބޭތީ އެކަމުގެ ހިތްހަމަ ނުޖެހުމުގައެވެ.

އިއްޔެވެސް ފިޝަރީޒް މިނިސްޓްރީގެ ޓީމު ދެއްވަދޫއަށް ދިޔުމުން އެރަށުގެ މަސްވެރިން ނުކުމެ ހުރަސް އެޅިއެވެ. މިއަދު އެޓީމު ރަށުން ބޭލީ އެރަށަށް އަރަތިއްބައެވެ.

މަސްވެރިން ވަނީ ފިޝަރީޒް މިނިސްޓްރީގެ ޓީމަށް އިންޒާރުވެސް ދީފައެވެ.

އާރު.އެސް.ޑަބްލިޔު ސިސްޓަމް (ލޮނުފެނުން މަސް ފިނިކުރާ ނިޒާމް) އެޅުމަށް ހުޅުވާފައިވާ ލޯނާ ގުޅޭ މަޢުލޫމާތު ދިނުމަށް ހުވަދުއަތޮޅަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ގޮސްފައި ވަނީ އިއްޔެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.