Advertisement

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް --

02 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިންނަށް ފައިސާ ދޭނެ ގޮތެއް އަދި ސަރުކާރަކަށް ނުހޯދޭ!

މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބި، މަސްވެރިންނާއި އޮޑިވެރިންނަށް މާލީ ދަތިތަކާއި ކުރިމަތިވެފައި ވިޔަސް މިހާތަނަށް އެކަން ހައްލުކުރެވޭނެ ގޮތެއް ސަރުކާރަށް ހޯދިފައި ނުވާކަން ރައީސުލްޖުމްހޫރިއްޔާ އާއި ފިޝަރީޒް މިނިސްޓަރުގެ ވާހަކަފުޅުތަކުން ހާމަވެއްޖެއެވެ.

މަސްވެރިއަކު ކޮށްފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވެފައި ވަނީ، މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކުރެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ، ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންގެންދާ ކަަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ފިޝަރީޒް މިނިސްޓަރގެ މިވާހަކަފުޅުތަކުން، ސަރުކާރަށް، މަސްވެރިން ކިރުވާ މަހަށް ފައިސާ ދެވޭނެ ގޮތެއް ނެތްކަން ވަނީ ހާމަވެފައެވެ. ފިޝަރީޒް މިނިސްޓަރ ޝިޔާމް ތުހުމަތު ކުރައްވާފައިވާ ގޮތުގައި، މަސްވެރިންނަށް ފައިސާ ދިނުމަށް ފެސިލިޓީއެއް ހޯދުމަށް މިސަރުކާރަށް ދަތިވެފައި ވަނީ، ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމާ މާލީ ޑިސިޕްލިން ގެންގުޅުނުގޮތުން އެތެރެއިން އަދި ބޭރުންވެސް ފެސިލިޓީއެއް ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވެފައި ވާތީއެވެ.

މަސްވެރިންގެ ހާލަތާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރ ސޯޝަލްމީޑިއާގައި ލިޔުއްވި ޕޯސްޓުގައި ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެއާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލިނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާނުދެއްކި، ދަރިންގެ ޓިއުޝަންފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް ގުނަންޖެހުމަކީ އެއްވެސް ފަރުދަކަށް އަދި އާއިލާއަކަށް ފަސޭހަކަމެއްނޫން އަދި އެއީ ލިބޭ ވަރަށްވެސްބޮޑު ހިތްދަތިކަމެއް ކަމަށެވެ. އަދި މިސަރުކާރު ފެށުނު ފަހުން މަސްވެރިން ކިރުވާފައިވާ މަހަށް މިހާތަނަށް ދޫކުރެވިފައި ވަނީ، 276 މިލިޔަން ރުފިޔާ ކަމަށާއި، މިސަރުކާރު އައިފަހުން، މަސްވެރިން ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ކިރުވާފައިވާ މަަހަށް މިހާތަނަށް، 190 މިލިޔަން ރުފިޔާ ނުދެވި އޮތްކަންވެސް ފިޝަރީޒް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. 

މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް ފައިސާ ނުދެވި ދިގުލައިގެންދާތީ، މަސްވެރިންދަނީ އެކަމާއި ގުޅިގެން ނުރުހުންފާޅު ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.