Advertisement

އިންޑިއާ ސިފައިން ދޯނީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

02 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އިންޑިއާ ނޭވީގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އަރައި ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ އާއްމުކޮށްފި

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އިންޑިއާ ނޭވީގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އަރައި ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އާއްމުކޮށްފިއެވެ.

އިންޑިއާގެ ނޭވީގެ ސިފައިން ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރާފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެ، ބުދަ ދުވަހުގެ މެންދުރުފަހުގައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހަށްދަށް ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި ޚިލާފަށް އިންޑިއާގެ ނޭވީގެ ދެ މަނަވަރެއް ވަދެ ރާއްޖޭގެ ތިން މަސްދޯންޏެއް ބަލައި ފާސްކުރި އިރު، މަސްދޯނި ފަހަރުގައި ތިބި މަސްވެރިން ނެގި ފޮޓޯއާ ވީޑިއޯތަށް މަސްވެރިންނަށް ބިރުދައްކައިގެން އިންޑިއާ ސިފައިން ޑިލީޓް ކުރުވި ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ދޯނީގެ ފަޅުވެރިއަކު ނަގާފައިވާ ވީޑިއޯ

އިންޑިއާ އަސްކަރިއްޔާގެ ދެ މަނަވަރެއްގެ ސިފައިން، ރާއްޖޭގެ ސަރަހައްދަށް ވަދެ، ކަންނެލި މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ ތިން ދޯންޏަކަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އަރައި، އެއުޅަނދުތައް ބަލައި ފާސްކުރުުގެ އަމަލުތަކެއް އިއްޔެ ހިންގާފފައި ވާތީ، އެކަމުގެ ކަންބޮޑުވުންތަކާއި އެކު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެޖަމިއްޔާގެ މެމްބަރު ތިން ދޯންޏަކަށް، ބޭރު ޤައުމެއްގެ އަސްކަރީ ސިފައިން އަރައި،ބިރުދައްކައި، މުވާޞަލާތީ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް، މަސްވެރިކަން ކުރުމަށް ހުރަސް އެޅުމަކީ، އެޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

މީގެ އިތުރުން އެޖަމިއްޔާއިން ވަނީ، ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.