Advertisement

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް --

23 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދޫކުރާނެ ކަމުގައި ސަރުކާރުން ބުނެފި

މަސްވެރިންނަށް ސަރުކާރުން ދޭންޖެހި ނުދެވި އޮތް ފައިސާގެ ތެރެއިން، ހޯމަ ދުވަހުގެ ނިޔަލަށް ސަތޭކަ މިލިޔަން ރުފިޔާ ދޫކުރެވޭނެ ކަމުގައި ސަރުކާރުން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޮޝަން ރިސޯސަސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ރެއާއި ހަަމައަށް މަސްވެރިންނަށް، 70 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށާއި، މިފެބުރުއަރީ މަހުގެ 26 ވާ ހޯމަދުވަހުގެ ކުރިން އިތުރު 30 މިލިޔަން ރުފިޔާ އާއެކު ޖުމުލަ 100 މިލިޔަން ރުފިޔާ މިހަފްތާގެ ތެރޭގައި މަސްވެރިންނަށް ޖަމާކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އެމިނިސްޓްރީން ބުނެފައި ވަނީ، ކޫއްޑޫގައި މަސްވެރިން ކުރަމުންދިޔަ މުޒާހަރާތައް ހުއްޓާލުމާއި ގުޅިގެން، ކޫއްޑޫގެ އޮޕަރޭޝަންސްތައް އާއްމު ހާލަތުގައި މިހާރު ކުރިޔަށް ގެންދަން ފަށާފައިވާ ކަމަށެވެ.

އަދި މިފަދަ ދަނޑިވަޅުތަކުގައި،  މަސްވެރިކަމާއި ގުޅުން ހުރި ހަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮންނަ އޮތުމާއި ގުޅިގެން އެކަމުގެ ސަބަބުން މަސްވެރިންނަށާއި، މަސްވެރި އާއިލާތަކަށާއި، އަދި ކުންފުނިތަކަށް ބޮޑެތި ގެއްލުންތައްވަމުންދާ ކަމީ، ސަރުކާރާއި އެމިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް، އެންމެ އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރާ ކަމަށެވެ.

މަސްވެރިންނަށް ސަރުކާރަށް ނުދެވި ހުރި ފައިސާގެ އަދަދު 310 މިލިއަނަށް އަރާކަމުގައި ހޯމަދުވަހު ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.