Advertisement

މިފްކޯއަށް އަލަށް ގެންނަ މަސްބޯޓު ޖަޒީރާ 106 -- ފޮޓޯ: މިފްކޯ.

08 Nov 2023
ވިޔަފާރި

މިފްކޯއަށް ގަތް އިތުރު ބޯޓެއް ރާއްޖެއައުމަށް ދަތުރުފަށައިފި

މިފްކޯގެ ފްލީޓަށް އިތުރު ކުރުމަށް ގަނެފައިވާ ތިން ބޯޓުގެ ތެރެއިން އެއްބޯޓު ރާއްޖެއަައުމަށް ދަތުރުފަށާފައިވާ ކަމުގައި މިފްކޯއިން ބުނެފިއެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިފްކޯގެ ފްލީޓަށް އިތުރު ކުރުމަށް ގަނެފައިވާ 3 ބޯޓުގެ ތެރެއިން، ޖަޒީރާ 106 ތައިލެންޑުން ރާއްޖެއަށް އައުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި އެބޯޓު ރާއްޖެއަށް އައުމަށް ހަމަޖެހިފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައި ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

ޖަޒީރާ 106 އަކީވެސް ދުވާލަކު 60 ޓަނުގެ މަސް ބްރެއިން ފްރީޒް ކުރެވޭ، އަދި 200 ޓަނުގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ ހުރި ބޯޓެކެވެ. މީގެ އިތުރު ދެބޯޓު ގަނެފައިވާ އިރު، އެބޯޓުތައްވެސް ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މިފްކޯއިން ދަނީ ކުރަމުންނެވެ.

މިފްކޯއިން ބުނީ މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަހައްދުތަކަށް ދަތުރުކޮށް، މަސްވެރިން ބާނާ މަސް ކިރުމަށް ދިމާވާ، ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މިފްކޯއިން މިއަހަރުގެ ތެރޭގައި 4 ބޯޓު ގަނެފައިވާ ކަމަށެވެ. މިގޮތުން މާރިޗު މަހުގެ ތެރޭގައި ރާއްޖެ ގެނައި ޖަޒީރާ 103 ގެންދަނީ ދެކުނުގެ އަތޮޅުތަކުގައި މަސްގަތުމުގައި ހަރަކާތްތެރިވަމުން ކަމުގައިވެސް މިފްކޯއިން ބުނެފައިވެއެވެ. ޖަޒީރާ 103 އަކީ، ދުވާލަކު 120 މެޓްރިކްޓަނުގެ މަސް ގަނޑުކުރެވޭ، އަދި 420 މެޓްރިކްޓަނުގެ މަސް ގަނޑުކޮށް ރައްކާކުރެވޭ ކެޕޭސިޓީ ހުރި ބޯޓެކެވެ. 

މިފްކޯއިން ބުނީ، މިދައުރުގެ ތެރޭގައި މިފްކޯއަށް ގަންނަ މަހުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން، ކެރިއަރ ބޯޓަކާއި އެކު ޖުމްލަ 6 ބޯޓު މިފްކޯގެ ފްލީޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ހުރިހާ ބޯޓުތަކެއްވެސް ރާއްޖެ ގެނެވި އޮޕަރޭޝަނަށް ނެރެވުމުން، މުޅި ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްގަތުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމުގައި މިފްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.