Advertisement

16 Sep 2023
ޚަބަރު

މިފްކޯއިން މަސް ގަންނަ އަގު 17ރ. އިން 25ރ. އަށް ބޮޑުކޮށްފި

މިފްކޯއިން މަސް ގަންނަ އަގު ބޮޑު ކުރުމީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސްވެރިންގެ އާދޭހަކަށް ވެފައި އޮތް ކަމެކެވެ. މި ކަމާއި ގުޅިގެން ސަރުކާރުން ބުނަމުން އައީ ރާއްޖެއިން އިނގިރޭސިވިލާތަށާއި ޔޫރަޕަށް އެކްސްޕޯޓު ކުރާ މަހުން ޑިއުޓީ ކުޑަކުރުމުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި، އެކަން ކާމިޔާބުވުމުން މިފްކޯއިން މަސްގަންނަ އަގު ބޮޑުކުރެވޭނެ ކަމަށެވެ.

އަދި އިނގިރޭސިވިލާތާއި ޔޫރަޕަށް މަސް އެކްސްޕޯޓު ކުރަން ނަގާ ޑިއުޓީ އެ ގައުމުތަކުން ނުނަގާނެކަން ކަށަވަރުވުމުން، ހޮނިހިރު ދުވަހުން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު މިވަނީ ބޮޑު ކުރަން ނިންމާފައެވެ. އެގޮތުން ދެން މިފްކޯއިން މަސް ކިލޯއެއް ގަންނާނީ 25ރ. އަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މަސްވެރިކަން ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން މަސްވެރިން ބާނާ މަސް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ މި ދައުރުގައެވެ. މި ދައުރުގެތެރޭގައި މިހާތަނަށް މިފްކޯއިން ވަނީ މަސްވެރިންގެ އަތުން ގަތް މަހަށް 4.4 ބިލިއަން ރުފިޔާ އަށް ވުރެން ބޮޑު ޚަރަދެއް ކޮށްފައެވެ.

އަދި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން މަސްގަތުމުގެ ހުއްދަ އާންމުކޮށް ހުޅުވާލައި، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި އޮތް "އެކްސްކްލޫސިވިޓީ" ވަނީ އުވާލާފައެވެ. ފަހި ހަކަތަ ޕްރޮގްރާމްގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުތަކުން ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވަގުތުން ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ. މަސްއޮޑިފަހަރު ބަނުމަށާއި އިންޖީނުއެޅުމަށް ލުއިފަސޭހަ ލޯނު ސްކީމް ތައާރަފްކުރުމާއެކު ގިނަ ފަރާތްތަކަށް ވަނީ ފައިދާ ލިބިފައެވެ.

މީގެ އިތުރުން، މަސްވެރިންނަށްޓަކައި މިހާތަނަށް ޖުމްލަ 73 ކަނދުފަތިވަނީ ހަރުކޮށްފައެވެ. މަސްވެރިންގެ ބޭނުންތަކަށް މެދުކެނޑުމެއްނެތި އައިސް ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. އަދި މަސްދޯނި ފަހަރުގައި މަސް ފިނިކުރާ RSW ސިސްޓަމް ހަރުކުރުމަށް ލުއި ލޯނު ވަނީ ތަޢާރަފްކޮށްފައެވެ. ބަދަލުވަމުންދާ ޒަމާނާއެކު ދިގު މުއްދަތަށް ދުރު ރާސްތާގައި މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ ފިފްތު-ޖެނެރޭޝަން މަސް ދޯނި ބަނުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

އިތުރަށް ކޮށްފައިވާ ކަންކަމަށް ބަލާލާއިރު، މަސްވެރިކަމުގެ ސިނާއަތުގައި މަސް ގަނެ ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ފެލިވަރު ފެސިލިޓީ، އައްޑޫ ފެސިލިޓީ އަދި ކޫއްޑޫ ފެސިލިޓީ އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުތައް ވަނީ ފަށާފައެވެ. އަދި، މި މަޝްރޫއުތައް ނިމުމުން ފެލިވަރުގައި ދުވާލަކު 380 ޓަނު މަސް ގަނެ ޖުމްލަ 5210 ޓަނު މަސް ރައްކާކުރެވޭނެ ކެޕޭސިޓީ، ކޫއްޑޫގައި ދުވާލަކު 792 ޓަނު މަސް ގަނެ ޖުމްލަ 7640 ޓަނު މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އަދި އައްޑޫގައި ދުވާލަކު 100 ޓަނު މަސް ގަނެ ޖުމްލަ 1500 ޓަނު މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ގާއިމުކުރެވިގެންދާނެއެވެ. މިއާއެކު، ތިނަދޫ އާއި އިހަވަންދޫގައި މަސްގަނެ ރައްކާކުރާ އައު ފެސިލޓީ ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދެއެވެ. އަދި މަސްވެރިން އަތުން ކިރުވޭ މަސް އިތުރުކުރުމަށްޓަކައި މިފްކޯ ފްލީޓަށް ހަތަރު ރީފަރ އަދި ކަލެކްޓަރ ވެސެލްވެސް ވަނީ އިތުރުކޮށްފައެވެ. ފެލިވަރުގައި މަސް ދަޅު ބަންދުކުރުމަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ކެޕޭސިޓީ ދެގުނަކުރުމަށް އިތުރު ކޭނަރީއެއް އެޅުމުގެ މަސައްކަތް ޓެންޑަރކޮށް މަސައްކަތް ހަވާލުކުރުމަށް މިދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.