Advertisement

މިފްކޯގެ ބޯޓަކަށް މަސްކިރުވަނީ -- ފޮޓޯ: މިފްކޯ

13 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިން ކިރުވާފައިވާ މަހަށް ދޭންޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައި އާދީއްތަ ދުވަހުގެ ކުރިން ދެނީ

މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހުގެ އަގަށް މިހާތަނށް ނުދޫކުރެވި ހުރި 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށް ނިންމާނެ ކަމުގައި އެކުންފުނިން ބުނެފިއެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލަ އާއި ލޭނުގެ މަސްވެރިކަމަށް ބޭރުގެ ފަރާތްތަކަށް ހުއްދަދޭން އުޅޭ މައްސަލަ އާއި މަސްވެރި އޮޑިފަހަރަށް އަގުބޮޑުކޮށް ޑީސަލް ވިއްކާތީި، އިއްޔެ މަސްވެރިން ވަނީ އެކަމާއި ދެކޮޅަށް އިޙްތިޖާޖުކޮށްފައެވެ. މަސްވެރިންގެ އެ އިހްތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުންނެވެ.

މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މިފްކޯއަށް މަސްވެރިން ކިރުވާފައިވާ މަހަށް ދޭންޖެހޭ ފައިސާ މިހާރު ވަނީ އޮޑުވެރިންގެ އެކައުންޓްތަކަށް ޖަމާކުރަން ފަށާފައެވެ.

މަސްވެރިން ހާމަކޮށްފައިވާ ގޮތުގައި، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަަހަށް ރޯދައިގެ ފަހުން އެއް ގޮތަކަށްވެސް ފައިސާއެއް ނުލިބެއެވެ. އެހެންވެ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް އެކަމުގެ ސަބަބުން މާލީ ދަތިތަކާއި ކުރިމަތިވެ މަސްވެރިން ދަނޯ ސޯޝަލް މީޑިއާގައިވެސް އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

މިސަރުކާރު ވެރިކަމަށް އައިސްފައި ވަނީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވަޢުދާއި އެކުގައި ނަމަވެސް، ބައެއް އޮޑި ދޯނިފަހަރުން ކިރުވާފައިވާ މަހަށް ފައިސާ ނުލިބި 48 ދުވަސް ވެއްޖެކަމުގައި މަސްވެރިން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.