Advertisement

މަސްދޯނި ތަކުން މިފްކޯގެ މަސްބޯޓަކަށް މަސްކިރުވަނީ --- ފޮޓޯ: މިފްކޯ

08 Nov 2023
ވިޔަފާރި

މަސްގަންނަ އަގު ދަށް ކުރުމުގެ ވިސްނުމެއް ނެތްކަމުގައި މިފްކޯއިން ބުނެފި

ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް މަސްގަންނަ އަގުދަށް ކުރަން އުޅޭ ކަމަށްބުނެ ފަތުރާ ޚަބަރުތައް އެކުންފުނިން ދޮގުކޮށްފިއެވެ.

މިފްކޯއަށް 25ރ އަށް މަސްކިލޯއެއް ގަނެގެން ކުންފުންޏަށް ގެއްލުންތައްވަމުންދާތީ، މަސްގަންނަ އަގު ރިވިއުކޮށް އަގު ދަށްކުރުމަށް ކުންފުނިން މަސައްކަތްކުރަމުންދާކަމުގައި ރާއްޖޭގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން މިފްކޯއިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށާއި، މަސްގަންނަ އަގު ދަށްކުރުމުގެ ވިސްނުމެއް އެކުންފުނިން ނުގެންގުޅޭ ކަމަށެވެ. އަދި މަސްގަންނަ އަގު ރިވިއު ކުރުމާއި ގުޅޭ ގޮތުން، ފިނޭންސް މިނިސްޓްރީއާ އަދި ސަރުކާރުގެ އެހެން އިދާރާއާއެކުވެސް މިފްކޯއިން މަޝްވަރާކުރަމުން ނުދާ ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ. އަދި މަސްކިރުވައި މަސްވެރިންނަށް ދޫނުކުރެވި ހުރި ފައިސާ މަސްވެރިންނަށް ދައްކައި ޚަލާސްކުރުމުގެ މަސައްކަތް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު ކުރަމުންދާ ކަމުގައިވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ނެރުނު ބަޔާނުގައި ބުނީ ހުސްވި ސެޕްޓެމްބަރު މަހު، މިފްކޯއަށް މަސްކިލޯއެއް ގަންނަ އަގު 17ރ އިން 25ރ އަށް ބޮޑުކޮށްފައި ވަނީ، ޔޫރަޕްގެ މާކެޓަށް ވިއްކާމަހުން ނަގާ %22 ގެ ޑިއުޓީ ކަނޑާލަން ސަރުކާރާއި، ޔޫރަޕިއަން ޔޫނިއަންއާއެކު ކުރެވުނު ގިނަ މަޝްވަރާތަކުން އުންމީދީ ނަތީޖާއެއް ލިބިފައިވާތީ ކަމަށެވެ. މީގެ އިތުރުން މިހާރު މުޅި ރާއްޖެއަށްވެސް މަސްވެރިކަން ރަނގަޅުކަމަށާއި، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 450 ޓަނުގެ މަސް މިފްކޯއަށް ގަންނަމުންދާ ކަމުގައިވެސް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.