Advertisement

މިފްކޯގެ އެމްޑީ، ޝަމާޙް ރަޝީދު ---

18 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރު ސަސްޕެންޑްކޮށްފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާޙް ރަޝީދު ސަސްޕެންޑްކޮށްފިއެވެ. 

ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ޝަމާޙް ރަޝީދު ސަސްޕެންޑްކޮށް މަޤާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފައި ވަނީ ދެހަފްތާގެ މުއްދަތަކަށް ކަމަށެވެ. އެފިޔަވަޅު އޭނާގެ މައްޗަށް އަޅާފައިވަނީ، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާޙް ރަޝީދުއާ ގުޅޭ ގޮތުން، ކޯޕަރޭޓް ގަވަނެންސްއާއި ގުޅުން ހުރި މައްސަލަތަކެއް  ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ހުށައެޅިފައިވާތީ އެކަމުގެ ފުރިހަމަ ތަޙްޤީޤެއް ހިންގުމަށްޓަކައި ކަމަށްވެސް ޕީބީސީން މިއަދު ވަނީ ބުނެފައެވެ.

ޕީބީސީން ހާމަކޮށްފައިވާ ގޮތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ އަހުމަދު ޝަމާޙް ރަޝީދު މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށްފައި ވަނީ މިއަދުން ފެށިގެން 14 ދުވަހަށެވެ.

މިއީ މިސަރުކާރުގައި ކުންފުންޏެއްގެ އިސްވެރިއަކާއި މެދު އެޅި މިފަދަ ފުރަތަމަ ފިޔަވަޅެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.