Advertisement

03 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކުރީ މި ސަރުކާރުން: މިފްކޯ

ވެރިކަމުގެ 4 އަހަރު ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައިކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ފައުޒީ މިހެން ވިދާޅުވީ، ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ

އިސްމާއިލް ފައުޒީ ވިދާޅުވީ، ފާއިތުވި އެއްވެސް ދައުރެއްގައި މިފްކޯގެ ފެސިލިޓީތަކަށް މަސް ކިރާފައި ނުވާ މިންވަރަށް މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި މަސް ކިރާފައިވާކަމަށެވެ. މިއާއިއެކު މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް އިތުރުވެފައިވާކަން އިސްމާއިލް ފާހަގަކުރެއްވިއެވެ. އެގޮތުން ނިމުނު 4 އަހަރުގެ ތެރޭގައި މަސްވެރިންނަށް 4.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އިސްމާއިލް ވިދާޅުވިއެވެ. ހުސްވި 2022 ވަނަ އަހަރަކީ މިފްކޯގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދެއްގެ މަސްގަނެ އެންމެ ބޮޑު އަދަދެއް މަސްވެރިންނަށް ދޫކުރި އަހަރެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި މިފްކޯއަށް ކިރާފައިވާ މަހުގެ އަދަދާއި ދޫކޮށްފައިވާ ފައިސާގެ އަދަދު އިތުރުކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

އަހަރުގެ މިހާތަނަށް މިފްކޯއަށް ވަނީ 41,000 ޓަނުގެ މަސް ކިރާފައެވެ. އަދި މަސްވެރިންނަށް ވަނީ 684 މިލިއަން ރުފިޔާ ދޫކޮށްފައެވެ

މިފްކޯ ތަރައްޤީކުރުމަށް މި ސަރުކާރުން ފަށާފައިވާ ބިޔަ ޕްރޮޖެކްޓްތަކާއިއެކު ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ލިބޭ އާމްދަނީ 2 ގުނަ ކުރުންކަން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ފާހަގަކުރެއްވިއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.