Advertisement

22 Jul 2024
ޚަބަރު

ގަވަރުނަރު ވަކި ކުރަން ރައީސް އަށް ލަފާދިނުމަށް ނިންމި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ޙާޝިމަށް އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިން ނިންމުމާ ގުޅިގެން، އޭނާ މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒަށް ލަފާދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުން މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފިއެވެ.

މާލިއްޔަތު ކޮމެޓީއިން މަޖިލީހުގެ ތަޅުމަށް މި މައްސަލަ ފޮނުވުމުގެ ކުރިން އޭނާގެ މަސައްކަތަށް ޖަވާބުދާރީވުމަށް ކޮމެޓީއަށް ހާޒިރުވެވަޑައިގަންނަވަން އެންގި ނަމަވެސް، އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ، ތިން ދުވަހު ވެސް ކޮމެޓީ ބައްދަލުވުމަށް އޭނާ ވަޑައިގެންފައެއް ނުވެއެވެ.

އަދި އާލާސްކަންފުޅާ އުޅުއްވާތީ ލިޔުމުން ޖަވާބުދާރީވުމަށް ހާޝިމް އެދިވަޑައިގަތް ނަމަވެސް، އެ ފުރުސަތު ނެދޭން މާލިއްޔަތު ކޮމެޓީއިން ވަނީ ނިންމާފައެވެ.

ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރަން ފެންނަ ކަމަށް ރައީސްއަށް ލަފާ ދޭން މާލިއްޔަތު ކޮމެޓީން ފާސްކުރިއިރު އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ. އެހެންކަމުން މި މައްސަލައިގައި މިއަދު ވޯޓު ނެގުން އޮންނާނެކަމަށް ބެލެވެއެވެ.

މާލިއްޔަތު ކޮމިޓީގައި ހާޝިމް ގަވަރުނަރުކަމުން ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުالله އެވެ.

ގަވަރުނަރު ހާޝިމް އޭނާގެ މަގާމުގެ ޒިންމާ އަދާކުރައްވަމުން ނުގެންދަވާ ކަމަށް ވިދާޅުވެ ނާޒިމް ހުށައެޅުއްވި މައްސަލައިގައި ގިނަ ކަންތައްތަކެއް ނާޒިމް ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ؛

1.    ރާއްޖޭގައި ހިންގާ ބޭންކްތަކާއި މާލީ އިދާރާތަކުން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކްތަކުގެ ރިޒާވް އެމްއެމްއޭގައި ބަހައްޓަން ގަވަރުނަރު ބާރުއެޅުއްވުން. އޭގެ ސަބަބުން، އިގްތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސާދީ މަސައްކަތްތައް ހުއްޓި އަދި ގައުމުގެ އިގްތިސާދީ ދުވެލި މަޑިޖެހިފައިވުން

2.    ސަރުކާރުން މިހާރު ފައިސާ ހޯދަމުން އަންނަނީ ރާއްޖޭގެ ބާޒާރުން ކަމުން، އެ ބާޒާރު ރަނގަޅަށް ބެލެހެއްޓުމުގެ މުހިންމުކަން ބޮޑުވެފައިވާ މި ދަނޑިވަޅު، ގަވަރުނަރު އެކަން ކުރައްވަމުން ނުގެންދެވުން

3.    ހޯމްލޭންޑް މިނިސްޓްރީ އާއި ފުލުހުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި، ކުށް ކުރުން ހުއްޓުވުމުގެ ގޮތުން އެމްއެމްއޭގެ ގަވައިދުތައް އަދާހަމަކޮށްފައި ނުވުން

4.    މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، މިދިޔަ 17 ނޮވެމްބަރުން ފެށިގެން މިވީ ހަތް މަސްދުވަހުގެ ތެރޭ އެމްއެމްއޭގެ ގާނޫނުގެ މައިގަނޑު މަގްސަދުތައް ހާސިލުކުރަން ސަރުކާރަށް ލަފާ ދިނުމާއި އެ މަގްސަދުތައް ހާސިލުކުރަން އަމަލީ ގޮތުން ހަރުދަނާ މަސައްކަތެއް ގަވަރުނަރު ކުރައްވާފައިނުވުން

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.