Advertisement

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު --

14 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ޗައިނާ އާއި އެކު ވިޔަފާރި ކުރުމަށް ދިވެހި ފައިސާ ބޭނުން ކުރެވޭ ފަހުމު ނާމާާއެއްގައި ސޮއެކޮށްފި

ޗައިނާ އާއި ދިވެހިރާއްޖެއިން ޑޮލަރު ބޭނުން ނުކޮށް, ދިވެި ފައިސާ އާއި ޗައިނާގެ ޔުއާން ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގޭނޭ، ފަހުމު ނާމާއެއްގައި ސޮއެކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮުތުގައި، މި އެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ އިއްޔެއެވެ. މިއެއްބަސްވުމަކީ، ދިވެހި ސަރުކާރާއި ޗައިނާގެ ޕީޕަލްސް ބޭންކު (ޕީއޯބީސީ) އާ ދެމެދު، ކަރަންޓް އެކައުންޓް މުއާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމުގައި އެމިިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ މެދުގަިއ ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި، ސީދާ އިންވެސްޓްމަންޓްތައް ދެ ޤައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ޤާއިމްކުރެވި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދާނެއެވެ. އަދި މި ފަހުމު ނާމާގެ ސަބަބުން ރާއްޖެއާ ޗައިނާ އާއި ދެމެދު، ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމަށް ފަސޭހަވެ، ދިވެި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓް ކުރުމަށް ފަސޭހަވެ، ދެ ޤައުމުގެ މެދުގަިއ ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެ ކަމުގައިވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއާ ޗައިނާ އާއި ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރެވެއެވެ. އަދި މިވަގުތު ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުކަންވެސް އެމިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.