Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

23 Feb 2024
ޚަބަރު

ދައުލަތުގެ ޙަރަދުތައް ބޮޑުވެ 35،000 އަށްވުރެ ބޮޑު ޙަރަދެއް ހުއްދަ ނެތި ނުކުރުމަށް އަންގައިފި

ދައުލަތުގެ އެއްވެސް އިދާރާއަކުން 35،000 ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކުރާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އަންގައިފިއެވެ. ސަރުކާރުގެ އިދާރާތަކަށް މިގޮތަށް އަންގާފައިވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވައި ނެރުއްވި މާލިއްޔަތާބެހޭ ސާކިއުލާގައެވެ. މި ސަރކިއުލާގައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

މި ސަރކިއުލާގައި ވަނީ، ފިނޭންސް މިނިސްޓްރީގެ ހުއްދައަކާއި ނުލައި ދައުލަތުގެ ބަޖެޓުން ހަރަދުކުރާގޮތަށް އެއްވެސް އައު މަގާމެއް ނުއުފެއްދުމާއި، ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް އެދިފައެވެ. މީގެއިތުރުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުމަށްވެސް ވަނީ އަންގާފައެވެ.

މީގެއިތުރުން ސަރުކާރުގެ ވުޒާރާތަކުގެ ދަތުރުގެ ޙަރަދުތަކާއި، އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާތަކެތި އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ޙަރަދާއި، ތަމްރީން ކުރުމަށް ކުރެވޭ ޙަރަދާއި، ކެޕިޓަލް އަދި ޕީއެސްއައިޕީއަށް ކުރާ ޙަރަދުތައްވެސް ކުޑަކުރުމަށް ވަނީ އަންގާފައެވެ. ފިނޭންސްއިން ވަނީ މިހުރިހާ ކަންކަމަކަށް ކޮންމެހެން ކުރަންޖެހޭ ޙަރަދެއް ފިޔަވައި އެހެން ޙަރަދުތައް މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ.

އަދި 35،000 ރުފިޔާއަށްވުރެ ކުޑަ ޙަރަދުތައް ބަނޑޭރި ޕޯޓަލްގެ ގުޑްސް އެންޑް ސަރވިސަސް ފޯމު މެދުވެރިކޮށް ފައިނޭންސް އެގްޒެކްޓިވްގެ ހުއްދައާއިއެކު ކުރިއަށްގެންދިއުމަށްވެސް ވަނީ އަންގާފައެވެ. އަދި 35،000 ރުފިޔާއިން އިން މަތީގެ ޙަރަދުތައް ކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.