Advertisement

ފޮޓޯ: ރައީސް އޮފީސް

02 Jan 2024
ޚަބަރު

"މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަނީ

ރާއްޖޭގެ ރީ-އެކްސްޕޯޓުގެ ކަންކަން ފުޅާކުރުމަށް "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދަވަން ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ނިންމަވާފައިވަނީ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއު އެޑްކުރުމާއި، ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރިއަށް ޙާއްސަކޮށް އުފައްދަވަން ނިންމަވާފައިވާ ކުންފުންޏެއްކަމަށެވެ.

މި ކުންފުނި ވެގެންދާނީ %100 ދިވެހި ކުންފުންޏަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން، އެހެނިހެން ސިނާޢާތްތައް ރާއްޖޭގައި ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Sep 2024
ޚަބަރު
ތަރައްޤީ ހޯދޭނީ އިޙްތިރާމް ހޯދައިގެން : ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށް ކަމަށެވެ.
22 Sep 2024
ޚަބަރު
މާލޭގެ މަގުތައް މަތިން ބައު އުޅަނދުތައް ނަގަންފަށައިފި
މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި އެމަސައްކަތް ހޮނިހިރު ދުވަހު ފަށާފައި ވަނީ، އެކައުންސިލާއި، ފުލުހުންގެ އިދާރާއިން ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވާަފައިވާ ގޮތުގައި މާލޭގެ މަގުތައް މަތީގައި އަދި ޕާކިން ޒޯނުތަކުގައި ގިނަ އަދަދެއްގެ ބައު އުޅަނދުފަހަރު މަގުމައްޗަށް ދޫކޮށްލާފައި އެބަހުއްޓެވެ. އެހެންވެ އެތަކެތި ނަގައި މަގުތައް ސާފު ކުރުމަކީ، ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށްވެސް އެކަމުން ފަސޭހަތައް ލިބިގެންދާނެކަމެއްކަން ސިޓީކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.
22 Sep 2024
ޚަބަރު
ކުދި ޤައުމުތަކަށް ދަރަނި ލުއިކޮށްދޭން ރައީސް ގޮވާލައްވައިފި
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، "ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް" ސައިޑް އިވެންޓްގައި، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއަރގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
22 Sep 2024
ޚަބަރު
މަސްތުވާތަކެއްޗާއި އެކު 65 އަހަރުގެ މީހަކު ހައްޔަރުކޮށް އެމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ސ. ހިތަދޫ، ވެހެތާނުގެ، ޢަބްދުﷲ ޞާދިޤު (65އ)އެވެ.