Advertisement

ކެންޔާގއި ކުރިޔަށްދާ މުޒާހަރާގެ ތެރެއިން، ފޮޓޯ: ބީބީސީ

28 Jun 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ޓެކްސް ބޮޑު ކުރަން ނިންމުމުން ކެންޔާގެ ގިނަ ބަޔަކު މަގު މައްޗަށް ނިކުމެއްޖެ

ޓެކްސް ބޮޑު ކުރުމަށް ކެންޔާގެ ޕާލަމެންޓުން ފައިނޭންސް ބިލް ފާސްކުރުމާ ގުޅިގެން އެ ގައުމުގެ ރައްޔިތުން މަގުމައްޗަށް ނިކުމެ، ރައީސް ވިލިއަމް ރޫޓޯ އިސްތިއުފާ ދިނުމަށް ގޮވާލައިފިއެވެ. މުޅި ގައުމުގެ އެކި ހިސާބުތަކުގައި ކުރިޔަށް ގެންދާ މި މުޒާހަރާ މިހާރު ހަފްތާއަކަށް ދެމިގެން ގޮސްފައިވާއިރު، ރޫޓޯ ވަނީ އެ ބިލު ތަސްދީގު ނުކުރުމަށް މިދިޔަ ބުދަ ދުވަހު ނިންމާފައެވެ.

ކެންޔާގައި ޓެކްސްތައް ބޮޑު ކުރުމަށް ނިންމީ، އެ ގައުމުގެ ދަރަނި ބޮޑުވެފައިވާތީއާއި، ލޯނުގެ ގޮތުގައި އެހެން ގައުމުތަކުން ފައިސާ ހޯދަންޖެހޭ މައްސަލައަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ. އެގޮތުން، އެ ގައުމުގެ ސަރުކާރުން ބޭނުންވީ 2024/25 މާލީ އަހަރު (2024 ޖުލައިން 2025 ގެ ޖޫންއަށް) ގައި 2.7 ބިލިއަން ޑޮލަރު ޓެކްސްގެ ގޮތުގައި އިތުރަށް ހޯދުމަށެވެ.

އެ ގައުމުގެ މިހާރުގެ ދަރަނި ހުރީ ޖީޑީޕީގެ 68 އިންސައްތައިގައެވެ. ނަމަވެސް ވޯލްޑް ބޭނުންކުންނާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އިން ލަފާދީފައިވަނީ ޖީޑީޕީގެ 55 އިންސައްތައަށް ދަރަނި ކުޑަ ކުރުމަށެވެ. އަދި އެހެން ނޫންނަމަ އިތުރަށް ފަންޑު ކުރުން ހުއްޓާލާނެކަމަށް ވެސް އެ ޖަމްއިއްޔާތަކުން ބުނެފައިވެއެވެ.

ޓެކްސް ބޮޑު ކުރުމަށް ކެންޔާގެ ޕާލަމެންޓުން ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް ރޫޓޯ ނިންމާފައިވަނީ ބުދަ ދުވަހުއެވެ. މިއީ މުޒާހަރާތަކާއި ގުޅިގެން ގައުމުގައި ހަމަނުޖެހުން އިތުރުވެފައި ވާތީ އޭނާ ނިންމި ނިންމުމެކެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލަމުން ދިޔައީ، ފައިނޭންސް ބިލުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް އިތުރުވެގެން ދާނެ ކަމަށާއި، ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭ ގިނަ ބަޔަކު އެ ގައުމުގައި ދިރިއުޅެމުންދާއިރު އެމީހުންގެ ދިރިއުޅުން އެ ބިލުގެ ސަބަބުން އިތުރަށް ގޯސްވެގެން ދާނެކަމަށެވެ.

ޕާލަމެންޓުން ފާސް ކުރި ބިލުގައި ވާގޮތުން، ޕާނާއި، ކައްކާ ތެލާއި އަދި ހަކުރު ފަދަ އަސާސީ މުދަލުން ވެސް ޓެކްސް ބޮޑު ކުރުމަށް އޮތީ ނިންމާފައެވެ. މީގެ އިތުރުން ފައިސާގެ މުއާމަލާތްތަކުން މިހާރު ނަގަމުންދާ ޓެކްސް ބޮޑު ކުރުމަށް ވެސް އެ ބިލުގައި ވެއެވެ.

މި ބިލު ތަސްދީގު ނުކޮށް ރައީސް ރޫޓޯ ވަނީ އަނބުރާ މަޖިލީހަށް ފޮނުވާފައެވެ. އަދި ޓެކްސް ބޮޑު ކުރުމާ ގުޅޭ މާއްދާތައް އެ ބިލުން އުނި ކުރުމަށް އޭނާ ވަނީ ޕާލަމެންޓަށް ލަފާ އަރުވާފައެވެ.

މިކަމާ ގުޅިގެން ރޫޓޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ދެން ކުރާނެ ކަމަކީ، ރައީސްގެ އޮޕަރޭޝަނަލް ޚަރަދުތަކުގެ ގޮތުގައި ހިމެނޭ ދަތުރު ފަތުރާއި، ވެހިކަލް ގަތުމާއި އަދި މާރާމާތުތައް ހުއްޓާލުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.