Advertisement

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް ވިދިވިދިގެން 4 ވަނަ އަހަރު ރާއްޖެއަށް ލިބުން

02 Dec 2023
ޚަބަރު

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލްގެ އެވޯޑް ވިދިވިދިގެން 4 ވަނަ އަހަރު ރާއްޖެއަށް

ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ އެވޯޑް ނުވަތަ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެއަށް ލިބުނުކަން އިއުލާންކުރެއްވީ ދުބާދީގެ "ބްރުޖް އަލް އެރެބް" ހޮޓެލްގައި ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ގްރޭންޑް ފައިނަލް ހަފްލާގައެވެ.

މިފަހަރުވެސް މި އެވޯޑް ރާއްޖެއިން ހޯދީ ވާދަވެރި އެހެން މަންޒިލްތަކާއި ވާދަކޮށެވެ. ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ، މި އެ އެވޯޑް ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

މި ހަފްލާގައި ރާއްޖެއަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށްވެސް މުޅި ދުނިޔޭގެ އެއްވަނައިގެ ގޮތުގައި ވަނީ އެވޯޑްތައް ލިބިފައެވެ. ތިރީސް ވަނަ ޓްރެވަލް އެވޯޑްގައި ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް މި އަހަރު 11 އެވޯޑެއް ލިބުނެވެ.

މީގެ އިތުރުން އިންޑިޔާ ކަނޑުގެ ސަރަހައްދުން 22 އެވޯޑެއް ވެސް ރާއްޖެއަށް ލިބުނެވެ. އެގޮތުން ވިދިވިދިގެން 4 ވަނަ ފަހަރަށް "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ހާސިލްކުރުމުގެ އިތުރަށް އަލަށް ދޭންފެށި ރިސެލިއެންސް އެވޯޑް ހާސިލްކުރި 5 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.

މީގެ އިތުރުން ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑު 2023 ގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން، އެމް.އެމް.ޕީ.އާރް.ސީ ހޮވުމުގެ އިތުރުން ސްޕެޝަލް އެޗީވްމަންޓް އެވޯޑް 2023 ލިބުނީވެސް އެމްއެމްޕީއާރްސީގެ ކުރީގެ ސީއީއޯ ޠައްޔިބު މުހައްމަދަށެވެ. ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ލިބުނީ ޓީ.އެމް.އޭ އަށެވެ.

މިހަފްލާގައި ވަނީ "ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔަރ 2023" އެވޯޑް ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމަށް ލިބިވަޑައިގެންފައެވެ. "ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔަރ 2023" އެވޯޑް ހާސިލްކުރެއްވުމަށްފަހު ޑރ.މަޢުސޫމް ޓްރެވެލް ނިއުސް ނެޓްވޯކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖޭގެ އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލްވާ އެންމެންނަށް ޝުކުރު އަދާކުރައްވާ އެވޯޑްވަނީ އެފަރާތްތަކަށް ޑެޑިކޭޓް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.