Advertisement

11 Oct 2023
ވިޔަފާރި

މިއަހަރުގެ ސާޓާ އެވޯޑްގައިވެސް ގިނަ އެވޯޑްތަކެއް ރާއްޖެއަށް

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސާޓާގެ ގިނަ އެވޯޑްތަކެއް ރާއްޖެއަށް ލިބިއްޖެއެވެ. މީގެތެރޭގައި ވަކިވަކި ކުންފުނިތަކާއި ރިސޯޓްތަކުން ހާސިލްކޮށްފައިވާ އެވޯޑާއި ރާއްޖެއަށް ލިބިފައިވާ އެވޯޑްތައް ހިމެނެއެވެ. 

މިއަހަރުގެ އެވޯޑްގައި ރާއްޖޭގެ ޕްރޮޕަޓީތަކުން ވަނީ 31 އެވޯޑެއް ހާސިލްކޮށްފައެވެ. މީގެތެރޭގައި 14 ގޯލްޑް އެވޯޑާއި، 17 ސިލްވަރ އެވޯޑް ހިމެނެއެވެ.

ވިޒިޓާރސް ޗޮއިސް އެވޯޑްސްއިން ރާއްޖެއަށް ވަނީ ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައެވެ. މިއީ އާންމުންގެ ހިޔާލަށް ބަލައި ދެމުން އަންނަ އެވޯޑެކެވެ.

މިއަހަރުގެ އެވޯޑް ހަފްލާގައި ވަނީ ސައުތު އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 4 ފަރާތަކަށް "ފޭސަސް އޮފް ސައުތު އޭޝިއާ" ގެ ނަމުގައި ވަނީ އެވޯޑް ދީފައެވެ. މީގެތެރެއިން ރާއްޖޭގެ 2 ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. އެއީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބާނީއެއް ކަމަށްވާ އެމްޔޫ އުމަރު މަނިކާއި، ހޮޓެލްސް އެންޑް ކޮންސްޓްރަކްޝަންގެ ޗެއަރމަން މުޙައްމަދު އަލީ ޖަނާހްއެވެ.

މިއަހަރުގެ އެވޯޑް ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޝެރެޓަން ގްރޭންޑް ހޮޓެލްގައެވެ. ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއީ ސާޓާ އެވޯޑް ބާއްވާ 7 ވަނަ އަހަރެވެ.

މިއަހަރުގެ ސާޓާ އެވޯޑަށް ސައުތު އޭޝިއާގެ 6 ޤައުމަކުން ވާދަކުރިއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަނގްލަދޭސް އަދި ދިވެހިރާއްޖެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.