Advertisement

20 Oct 2023
ޚަބަރު

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރަން އަލުން ބީލަމަށް

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މިއީ މިރަށް ބީލަމަށް ހުޅުވާލި 2 ވަނަ ފަހަރެވެ.

ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ނަލަންދުއަކީ ގިނަ އަހަރުތަކެއް ވަންދެން ލަނޑާ އާލާކުރާ ބަޔަކަށް ކުއްޔަށް ދޫކޮށްފައި އޮތް ރަށެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ރަށް އެ މީހުންގެ އަތުން އަތުލައި، ބަދަލު ދިނުމަށް ފަހު، ޓޫރިޒަމަށް ހާއްސަކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން މި މަސައްކަތް ފެށީ 2021 ވަނަ އަހަރު ރައީސް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅައިގެންނެވެ.

ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާން ކުރީ މި އަހަރުގެ އޮގަސްޓުގައެވެ. ޓޫރިޒަމް މިނިސްޓްރީން އަލުން މިރަށް ބީލަމަށް ލާފައިވާއިރު އިއުލާނުގައިވާ ގޮތުގައި އަންނަ މަހުގެ ހައެއްގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހެއެވެ.

ރިސޯޓް ތަރައްޤީކުރަން މިހާރުވެސް ގިނަ ރަށްރަށެއް ވަނީ ދޫކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ވަނީ އަލަށް 5 ރިސޯޓެއް ހުޅުވާފައެވެ. އަދި އަހަރުގެ ކުރިއަށްއޮތް ތަނުގައި 4 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. 

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 172 ރިސޯޓެއް އަންނަނީ ހުޅުވައި ހިދުމަތް ދެމުންނެވެ. އެއީ މުޅި ޖުމްލަ 42،159 އެނދެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.