Advertisement

03 Sep 2023
ޚަބަރު

ފަތުރުވެރިކަމުގެ ޖަމިއްޔާ، ޓީމްގެ ސަޕޯޓްވެސް ރައީސް އިބޫއަށް

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.

ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ފަސް އަހަރު އެހެން އެއްވެސް ސަރުކާރަކުން އެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް ނުކޮށްދޭ ވަރަށް ކަންކަން ފަހިކޮށްދިން ކަމަށެވެ.

މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، ބޭރުގެ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. މިނިމަމްވޭޖު ތަންފީޒުކުމުން ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ އަށް ބޮޑު ބަދަލެއް އައި ކަމަށާއި ރިސޯޓުތަކުން 10 ޕަސެންޓް ސާވިސް ޗާޖު ދޭން ލާޒިމުކޮށް، އެކަން ކުރާކަން މޮނިޓަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރި ކަމަށް ވެސް ޓީމުގެ ބަޔާނުގައި ވެ އެވެ.

އެ ޖަމިއްޔާ އިން ބުނިގޮތުގައި، އުސޫލެއް އަދި ހަމައެއް ނެތި މުވައްޒަފުން ވަކިކުރުން ހުއްޓުވަން ގާނޫނު އިސްލާހު ކުރިކަމަށާއި، ރިސޯޓު މުވައްޒަފުން ބޭނުންވި ގޮތަށް ސްކޫލް ޗުއްޓީ އަށް ސަރުކާރުން ބަދަލު ގެނައި ކަމަށާއި ރިސޯޓު މުވައްޒަފުންގެ މަސައްކަތު ވަގުތު ފިޔަވައި، އެހެން ވަގުތު ތަކުގައި ހުއްދަ ނެތި ރިސޯޓުން ނުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނެސްދީފައިވަނީވެސް މި ސަރުކާރުންކަމަށެވެ.

އަންނަ ދައުރުގައި ވެސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް އޮތީ، މިހާރުގެ ވެރިކަން ދަމަހައްޓައިގެން ކަމަށް ޓީމުގެ ގިނަ މެންބަރުން ގަބޫލުކުރާ ކަމަށް އެ ޖަމިއްޔާ އިންވަނީ ބުނެފައެވެ. އެ ޖަމިއްޔާ އިން ބުނީ، އެ ކަންކަން ކޮށްފައިވާ އިރު ރިސޯޓު މުވައްޒަފުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމެއް ދެން އަންނަ ދައުރެއްގައި، ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.