Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

19 Aug 2023
ވިޔަފާރި

ހއ. ފިއްލަދޫއިން ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް 99 ބިމެއް ދޫކުރަނީ

ހއ. ފިއްލަދޫ "ޓޫރިސްޓް ވިލެޖް" އިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދިގުމުއްދަތަކަށް 99 ބިމެއް ދޫކުރަން ހުޅުވާލައިފިއެވެ. ފިއްލަދޫ ކައުންސިލުން ވިދާޅުވީ، މި ބިންތައް ދޫކުރަނީ ފަތުރުވެރިކަމުގެ ވިޔަފާރިން ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާ ލިބިދޭނެ ގޮތަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ތަރައްގީ ކުރުމުގެ ގޮތުންކަމަށެވެ.

ފިއްލަދޫ "ޓޫރިސްޓް ވިލެޖް" އިން 99 ބިން ޓޫރިޒަމް ވިޔަފާރިއަށާއި ގުޅުންހުރި ވިޔަފާރިތަކަށް ދިގު މުއްދަތަކަށް ދޫކުރަން ހުޅުވާލާފައިވާއިރު ކައުންސިލުން ވިދާޅުވީ، މީގެ ބޭނުމަކީ ވިޔަފާރިބިންތަކުން ކައުންސިލަށް އާމްދަނީ ހޯދުމަށާއި، އެބިންތަކުން ވިޔަފާރިވެރިންނަށް މާލީފައިދާ ހޯދުމުގެ ފުރުޞަތު ހުޅުވާލުމަށާއި، ދެމެހެއްޓެނި ގޮތެއްގައި މިބިންތައް ވިޔަފާރި އުޞޫލުން ބޭނުން ކުރުމަށް ހުޅުވާލުންކަމަށެވެ. ފިއްލަދޫ ޓޫރިޒަމް ޒޯނުން ދޫކުރަނީ 5000 އަކަފޫޓުން 115000 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ.

ފިއްލަދޫ "ޓޫރިސްޓް ވިލެޖް" ގެ ކުރެހުމެއް

ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

ހއ. ފިއްލަދޫ "ޓޫރިސްޓް ވިލެޖް" އިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރާ މި ބިންތަކަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 އޮގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. ޕްރޮޕޯސަލް ހުށައަޅާނީ 04 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށްކަމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

40،000 އަކަފޫޓަށްވުރެ ދަށުގެ ބިންތަކާއި އަދި 40،000 އަކަފޫޓަށްވުރެ ބޮޑެތި ބިންތަކަށް ޕޮއިންޓް ދޭގޮތުގެ އުސޫލު ފިއްލަދޫ ކައުންދިލުން ވަނީ އާންމުކޮށްފައެވެ. ކައުންސިލުން ވިދާޅުވީ، މި ބިންތައް ދޫކުރަނީ 50 އަހަރުގެ މުއްދަތަކަށްކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.