Advertisement

12 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސަރުކާރުން މި ވިއްކާލީ ވ އަތޮޅުގެ ޓުއަރިޒަމާ ގުޅިފައި އޮތް އެންމެ ބޮޑު ގުދުރަތީ އެއް ވަސީލަތް

ވ. ބޮޑުފިނޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅުގެ ކެޔޮދޫ، ތިނަދޫ، ފުލިދޫ އަދި ފެލިދޫގެ ރައްޔިތުންނާއި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ގިނަ އަދަދެއްގެ މީހުން ކޮޅުދިއްފުށި ފަޅުގައި އިއްޔެ މުޒާހަރާ ކުރީ، އެ ފިނޮޅަކީ އަތޮޅުގެ ޓުއަރިޒަމާ ގުޅިފައި އޮތް އެންމެ ބޮޑު އެއް ގުދުރަތީ ވަސީލަތް ކަމުގައި ވާތީއެވެ.

ތިނަދޫ ކައުންސިލުގެ ރައީސް، ޝިފާގު ހުސެއިންވިދާޅުވެފައި ވަނީ،  ބޮޑު ފިނޮޅަކީ ވ. އަތޮޅުގެ އިތުރުން، ކ. އަތޮޅާއި އަރި އަތޮޅުގެ ބައެއް ގެސްޓުހައުސްތަކާއި ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ވެސް ބޭނުން ކުރާ ތަނެކެވެ. އަދި އެ ތަން ވިއްކާލުމަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ. 

މި ފިނޮޅު ބޭނުން ކުރާ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި، މި ފިނޮޅު އިތުރަށް މުހިންމު ވަނީ، މިއީ ހުރިހާ ދިޔަވަރެއްގައި ވެސް ބޭނުން ކުރެވޭ ފިނޮޅަކަށް ވުމުންނެވެ.

ވ. އަތޮޅު ތިނަދޫއާ 7.7 ކިލޯމީޓަރު ދުރުގައި އޮތް އެ ފިނޮޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއަށެވެ. މިއީ ތިނަދޫއާ އެއް ބިތެއްގައި އޮންނަ ފިނޮޅެއް ވެސް މެއެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މި ފިނޮޅު ވިއްކާލުމަށް ނިންމާފައި ވަނީ ވ. އަތޮޅު ކައުންސިލާ ވެސް މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށެވެ.

މާލެ އަތޮޅަށްފަހު، ދެން ފަތުރުވެރިކަން އެންމެ ކުރިއަރަމުން އަންނަނީ ވ އަތޮޅުގައެވެ. މި އަތޮޅުގައި 19 ރަށް ހިމެނޭއިރު، އެ އަތޮޅުގައި މީހުން ދިރިއުޅޭ ފަސް ރަށުގައި 52 ގެސްޓުހައުސް ހިންގަ އެވެ. އެނދުގެ އަދަދަށް ބަލާނަމަ މިހާރު ވެސް ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާ އެނދުގެ އަދަދު 650 އަށްވުރެ ގިނަ އެވެ. މި ތަންތަނަށް އަންނަ ހުރިހާ ފަތުރުވެރިންހެން މި ފިނޮޅަށް ޒިޔާރަތް ކުރެއެވެ.

ކޮމެންޓް
ޔާމިން
އެއްވެސްމައްސައެއްނެތް އޯކޭ
12 Jul 2024
Sobira
ގައުމައްފާދާވާނެކަމައްމިބަލަނީ
12 Jul 2024
އަލިފު ޙާ!
އެއް ގުދުރަތީ، އެއް ގުދުރަތީ ވަސީލަތެއްނޫނެވެ. ގުދުރަތީ އެއްވަސީލަތް، ގުދުރަތީ ކިތަންމެ ވަސީލަތެއްވޭ، އޭގެތެރެއިން އެއްވަސީލަތް، އެހެންވީމަ އެއް ގުދުރަތީ ވަސީލަތެއްނޫނެވެ. ގުދުރަތީ އެއް ވަސީލަތެވެ.
12 Jul 2024
ބައިޑަން
އޯކޭކަމައްމިބަލަނީ
12 Jul 2024
ޓްރަންޕު
ޑރ.މުއިޒް ބެސްޓް
12 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.