Advertisement

ފޮޓޯ: އެމްއެމްޕީއާރުސީ

07 Feb 2024
ވިޔަފާރި

ތުރުކީގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

ތުރުކީގައި ބާއްވާ އީސްޓް މެޑިޓަރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން، އެމިޓް ފެއަރގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ. އެމިޓް ފެއަރއަކީ އީސްޓް މެޑިޓަރޭނިއަން ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއަރއެވެ.

މި ފެއަރ ކުރިއަށްދަނީ މިމަހުގެ 09 ނިއަލަށް ތުރުކީގެ އިސްތަންބޫލްގެ ޓޫޔާފް ފެއާ އެންޑް ކޮންގްރެސް ސެންޓަރުގައެވެ. މި ފެއަރގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 12 ކުންފުންޏަކުން 19 މަންދޫބުން ބައިވެރިވެ ދަނީ ރާއްޖެ އިޝްތިހާރުކުރަމުންނެވެ.

މިފެއަރގެ ސަބަބުން އެމްއެމްޕީއާރުސީގެ މާކެޓިންގ ސްޓްރެޓެޖީތަކާއި އެއްގޮތަށް ދިވެހިރާއްޖެ، އައު މާކެޓްތަކުގައި ޕްރޮމޯޓްކުރުމަށާއި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ހަރުދަނާކޮށްދިނުމަށް އެހީވެދޭނެ ކަަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

ތުރުކީން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އެގޮތުން މިދިޔައަހަރު ރާއްޖެއަށްވަނީ ތުރުކީގެ 12،856 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.