Advertisement

"ވެލްކަމް އިންޑިއާ ރޯޑް ޝޯވ" ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--

09 Aug 2024
ވިޔަފާރި

މިއީ ޒުވާނުން ނިކުމެ ފަތުރުވެރިކަމަށް އިންވެސްޓުކުރަންވީ ވަގުތު: ފައިސަލް

ޒުވާނުން ނިކުމެ ފަތުރުވެރިކަމަށް އިންވެސްޓުކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމުގައި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ "ވެލްކަމް އިންޑިއާ ރޯޑް ޝޯވ" ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ގެސްޓްހައުސް ތަރައްޤީކުރުމަށް މިއަހަރުގެ ތެރޭގައި ޒުވާނުންނަށް ލޯނުގެ ފުރުޞަތުތަކެއް ހުޅުވާލާނެކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކަށް ޚާއްސަ ލޯނެއް ތައާރަފްކުރުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއިއެކު މަޝްވަރާކޮށްފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ލޯނު ވެގެން ދާނީ އިންޓަރެސްޓު ކުޑަ ލޯނެއް ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބީއެމްއެލްއާ އެމްއައިބީއާ އެކީގައި މިހާރު މިދަނީ ޓޫރިޒަމް ޕްރޮޑަކްޓްތަކެއް އިންޓްރޮޑިއުސްކޮށް ރަނގަޅު އިންޓްރެސްޓް ރޭޓްތަކެއްގައި ގެސްޓްހައުސްތަށް ހޮޓެލްތައް އެޅުން އެކަށޭނެ އަދަދަކަށް ލޯނުތަކެއް އިންޓްރޮޑިއުސްކުރަމުން. މިހާރު ބީއެމްއެލްއާއިވެސް އަޅުގަނޑުމެން މަޝްވަރާކޮށްފިން. އެމްއައިބީއާއިވެސް އަޅުގަނޑުމެން މަޝްވަރާކޮށްފިން. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެން މިބަލަނީ ހުޅުވާލެވޭނެކަމަށް"

"ވެލްކަމް އިންޑިއާ ރޯޑް ޝޯވ" ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެ މިނިސްޓްރީ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ޓޫރިޒަމް ނެތް ރަށްރަށައް ޓޫރިޒަމް ތަރައްޤީކުރުމަށް އަތޮޅުތަކަށް ވަކިވަކި މާސްޓަރ ޕްލޭންއެއް ހެދުމަށެވެ. އަދި އެ މާސްޓަރ ޕްލޭން ނިމުމުން، އެ ޕްލޭނާ އެއްގޮތަށް ފަތުރުވެރިކަން ފުޅާ ކުރުމަށް އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ކުރާނެގޮތާއި، ގެސްޓްހައުސް ސިނާއަތައް ނެރޭނެ އެނދުގެ އަދަދު އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.