Advertisement

ޗަމްޕާ ބްރަދާސްގެ އިސްވެރިން --

14 Nov 2024
ޚަބަރު

އުއްޗު ސަރުކާރާ ދެކޮޅަށް ނުކުންނަވައި، ޑޮލަރު މާރުކުރުމުގެ ޤަވައިދަށް ޢަމަލުކުރެވެން ނެތްކަމަށް އަންގައިފި

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް، އެކުލަވާލާފައިވާ ޤަވާއިދަށް ޢަމަލު ނުކުރާނެކަން، ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އެމްއެމްއޭއަށް އަންގަވައިފިއެވެ.

އެޤަވާއިދަށް ޢަމަލުކުރެވެން ނެތްކަމަށް އަންގައި އުއްޗު އެމްއެމްއޭއަށް ފޮނުއްވި ސިޓީގެ ކޮޕީ މީހާރު ވަނީ ސޯޝަލްމީޑިއާގައި ދައުރުކުރަން ފަށާފައެވެ. އެސިޓީގައި ވަނީ، ފައިސާ މާރުކުރުމަށް އެމްއެމްއޭއިން އެކުލަވާލު ޤަވާއިދަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި އެކު އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލާއި ލަފާ ނުހޯދައި، އަދި ސިނާޢަތަށް ގެއްލުންވާ ގޮތަށް އެކުލަވާލާފައިވާ ޤަވާއިދެއް ކަމަށެވެ. އެހެންކަމުން އެ ޤަވާއިދު ވަގުތުން އުވާލަންޖެހޭ ކަމަށްވެސް އެސިޓީގައި ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި އައު ޤަވާއިދަށް އަމަލުކުރެވެން ނެތްކަމަށް އަންގައި، އުއްޗުގެ އިތުރުން އެހެން ރިޒޯޓު އޯނަރުންވެސް ވަނީ އެމްއެމްއޭއަށް ސިޓީތަައް ފޮނުވާފައެވެ. 

ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު އުއްޗު އެމްއެމްއޭގެ ޤަވާއިދަށް ޢަމަލުކުރުމަށް ދެކޮޅު ހެއްދެވި އިރު، އެ ޤަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް މިހާތަނަށް 170 ވުރެ ގިނަ ރިޒޯޓުން ވަނީ ރަޖިސްޓްރީވެފައި ކަމުގައި ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.