Advertisement

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު ތައުފީޤު ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ބޭފުޅުންނާއި އެކު --

23 May 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްއެމްޕީއާރްސީގެ ހިންގުން ބައްސާމަށް ހަވާލުކޮށްފި

އެމް.އެމް.ޕީ.އާރު.ސީ ގެ ހިންގުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގް ޑިރެކްޓަރު އަލްފާޟިލް މުހައްމަދު ބައްސާމު އާދަމް އާއި މިއަދުންފެށިގެން ވަގުތީގޮތުން ހަވާލުކޮށްފައިވާ ކަމުގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ބުނެފިއެވެ.

އެކުންފުނީގެ ހިންގުން ބައްސާމާއި މިއަދުން ފެށިގެން ހަވާލުކޮށްފައި ވަނީ، އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައި ހުންނެވި ފާޠިމަތު ތައުފީޤު (ކުޑީ) އިއްޔެ އެމަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ. އޭނާ އެމަޤާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ކުޑީގެ މައްޗަށް ބައެއް ފަރާތްތަކުން ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފައެވެ.

އިއްޔެއާ މިއަދު ސަރުކާރުގެ ބައެއް ކުންފުނިތަކުންނާއި މަޤާމުތަކުން ބައެއް މީހުން ވަކިކޮށް އަދި ބައެއް މީހުން ވަޒީފާއިން ސަސްޕެންޑް ކުރަމުން ދާއިރު، އެކަމާއި ގުޅޭ ގޮތުން ޗީފް ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ގޮތުން އަބަދުވެސް ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.