Advertisement

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާޠިމަތު ތައުފީޤު (ކުޑީ) ---

22 May 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު ތައުފީޤު މަޤާމުން ވަކިކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ފާޠިމަތު ތައުފީޤު (ކުޑީ) މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަޤާމުން ވަކިކުރެއްވިކަން ސަރުކާރުން ރަސްމީގޮތެއްގައި މިހާތަނަށް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި އޭނާ މަޤާމުން ވަކިކުރި ސަބަބެއްވެސް ހާމަކޮށްފައެއް ނުވެއެވެ. 

އެމްއެމްޕީއާރްސީގެ އެމްޑީގެ މަޤާމުން ފާޠިމަތު ތައުފީޤު (ކުޑީ) ވަކިކުރެއްވުމާއި ގުޅޭ ގޮތުން އޭނާ އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.

ފާޠިމަތު ތައުފީޤު މަޤާމުން ވަކިކުރައްވާފައިވާ އިރު، އިއްޔެ ވަނީ އެމްއެމްޕީއާރްސީގެ ޗެއާރޕާސަން ނޫރްޢައިން ޖަނާޙްވެސް މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ އިތުރުން މަޓީގެ ފަރާތުން އެމްއެމްޕީއާރްސީގެ ބޯޑުގައި އިންނެވި، ރާފިލް މުޙައްމަދު ވެސް ވަނީ ހުސްވި އޭޕްރީލް މަހުގެ ތެރޭގައި ބޯޑު މެމްބަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

އެމްއެމްޕީއާރްސީގެ އެތެރޭގެ ހިންގުމުގައި މައްސަލަތައް އުޅޭކަން ފާހަގަކޮށް، އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރުންނާއި މެނޭޖިންގ ޑައިރެކްޓަރާއި މެދު ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.