Advertisement

ފޮޓޯ: ސޯސަލް މީޑިއާ

02 Dec 2023
ޚަބަރު

ވޯލްޑު ޓްރެވަލް އެވޯޑްސްގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު ކުރީގެ މިނިސްޓަރ މައުސޫމްއަށް!

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަޝްހޫރު އެއް އެވޯޑު ކަމުގައިވާ ވޯލްޑު ޓްރެވަލް އެވޯޑްސްއިން ދޭ އަހަރުގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގެންފިއެވެ. 

"ޓްރެވަލް ޕާސަނަލިޓީ އޮފް ދަ ޔިއާ 2023" އެވޯޑު ޑރ. މައުސޫމަށް ދީފައިވަނީ ދުބާއީގެ ބުރުޖް އަލް އަރަބުގައި ބޭއްވި ވޯލްޑު ޓްރެވަލް އެވޯޑްސްގެ ގްރޭންޑު ފައިނަލު ހަފުލާގައެވެ.

ޑރ. މައުސޫމަށް މި އެވޯޑު ލިބިވަޑައިގެންނެވި މައިގަނޑު ސަބަބެއްކަމަށް ވޯލްޑު ޓްރެވަލް އެވޯޑްސްއިން ފާހަގަކޮށްފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ކޮވިޑުގެ ކުރީގެ ހާލަތަށް ގެންގޮސްދިނުމަށް، އެ ދާއިރާގެ ވަޒީރުގެ ގޮތުގައި ހުންނަވާ ކުރެއްވި މަސައްކަތްތަކެވެ.

ކޯވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ބަންދުކޮށްފައި އޮއްވައި ކުރީގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ރާއްޖޭގެ ބޯޑަރު ހުޅުވާލެއްވުމަށް ނެންގެވި ވަރުގަދަ ނިންމެވުމާއިއެކު އެންމެ ބާރަށް ފަތުރުވެރިކަން ކުރިއެރި މަންޒިލަކީ ރާއްޖެއެވެ. އަދި މުޅި ދުނިޔެވެސް ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވިގޮތް މިސާލެއްގެ ގޮތުގައި ނަގައެވެ. 

މި އެވޯޑް ލިބުމާއިއެކު ކުރީގެ މިނިސްޓަރ މައުސޫމް ވަނީ އޭނާއަށް ލިބުނު މި ކާމިޔާބީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޑެޑިކޭޓު ކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި އެވޯޑް ހަފްލާގައި ރާއްޖެއިން ވަނީ ވިދިވިދިގެން ހަތަރުވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑާއި އަލަށް ދޭން ފެށި ރިސެލިއެންސު އެވޯޑު ކާމިޔާބުކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.