Advertisement

ފޮޓޯ: ރީޖަނަލް އެއަރޕޯޓްސް

21 Dec 2023
ޚަބަރު
ޝިފްނާ އަޙްމަދް

ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯން އެއް ތަރައްޤީކުރަން އިންވެސްޓަރުން ހޯދަން އެހީވަނީ

ހދ. ކުޅުދުއްފުށީގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދަން އެހީތެރިވުމަށް އެ ރަށު ކައުންސިލާ އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ، އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައި ކައުންސިލްގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އާރުއޭސީއެލް އިން ބުނީ މި އެމްއޯޔޫގެ ދަށުން އެއާޕޯޓާ އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސް ބިމުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޓޫރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ނުވަތަ އިންވެސްޓަރުން ހޯދުމުގައި އާރުސީއެލް އިން މަސައްކަތް ކުރާނެކަމަށެވެ.

މި މަޝްރޫއުގެ އެންމެ މައިގަނޑު އެއް ބޭނުމަކީ، މި ވަގުތު އެ ބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސް ބިމަކަށް ވާތީ އާއި ކުޅުދުއްފުއްޓަށާ އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށް ވެސް އެންމެ މަންފާކުރާނެ މަޝްރޫއެއް އެ ބިމުގައި ކުރުންކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.