Advertisement

30 Aug 2024
ޚަބަރު

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ބިމުކުލި ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤުކުރައްވައިފި

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ބިން ބިމުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކޮށް، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިސްލާޙް ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު ތަޞްދީޤުކުރައްވައި އެޤާނޫނަށް ޢަމަލުކުރަން ފައްޓަވައިފިއެވެ.

ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މިދަނޑިވަޅުގައި، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށާއި ބިން ބިމުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ރޭޓްތައް މުއްދަތަށް ބަލައިގެން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.

މިގޮތުން، ޓޫރިޒަމާއި ބެހޭ ޤާނޫނަށް ގެނައި މިއިސްލާޙްގެ ދަށުން، މިއަދުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި، މުއްދަތު އިތުރުކުރުމަށް ހުށައަޅާ ފަރާތްތަކަށް އަގުގެ %50 އިންސައްތަ ކުޑަވެގެންދާ ގޮތަށް ވަނީ އިސްލާހް ގެނެސްފައެވެ. މިގޮތުން، ފަތުރުވެރިކަމަށް ކުއްޔަށް ހިފާފައިވާ ރަށެއް ނުވަތަ ބިމެއްގެ މުއްދަތު އިތުރުކުރާ ނަމަ، މި ހަމަސް ދުވަހުގެ ތެރޭގައި، ދައްކަން ޖެހޭނީ، މުއްދަތު އިތުރު ކުރަން ހުށައަޅާ ކޮންމެ އަހަރަކަށް އެއްލައްކަ އެމެރިކާ ޑޮލަރެވެ. އަދި މިޤާނޫނު ތަސްދީޤުކުުރުމަށް ފަހު 6 މަސް ދުވަހުގެ ފަހުން، ކުއްޔަށް ނަގާފައިވާ މުއްދަތު އިތުރު ކުރަން ހުށައަޅާނަމަ، އަހަރަކަށް 2 ލައްކަ އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެއެވެ.

ޓޫރިސްޓު ރިޒޯޓް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށް ނުވަތަ ބިންބިމުގެ ތެރެއިން 50 (ފަންސާސް) އަހަރަށް ލިބިފައިވާ ރަށްރަށް ނުވަތަ ބިންބިން ކުއްޔަށް ހިފައިފައިވާ ފަރާތްތަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ކުއްޔަށް ދީފައިވާ މުއްދަތު، 99 އަހަރަށް އިތުރުކޮށް ދިނުމަށް، ނަގާ ފީގެ ރޭޓުވެސް  ވަނީ ކުޑަކޮށްފައެވެ. މިގޮތުން ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި، މުއްދަތު އިތުރުކުރާނަމަ އެކީ އެއްފަހަރާ 5 މިލިޔަން ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ހަމަސް ދުވަހުގެ ފަހުން ނަމަ 10 މިލިޔަން ޑޮލަރު އެކީ އެއްފަހަރާ ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން، ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ (ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުން) ގެ (މ) ގެ (5) ވަނަ ނަންބަރާއި، 16-16 ވަނަ މާއްދާ (ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް ކުއްޔަށްދީ ހިންގުން) ގެ (ބ) އަށް ގެނައި އިސްލާޙުގައިވެސް އެފަދަ ތަންތަން ކުއްޔަށް ހިފާފައިވާ މުއްދަތު 99 އަހަރާއި ހަމައަށް އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ދައްކަންޖެހޭ ފީ 5 މިލިއަން ޑޮލަރަށް ކުޑަކުރުމުގެ އިތުރުން، އެފަރަތާކުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ، އެ ދައްކައި ޚަލާސްކުރުމުން ނޫނީ، މުއްދަތު އިތުރުކޮށް ނުދެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ކުރުމުއްދަތުގެ ތެރޭގައި ދައުލަތަށް އާމުދަނީ ހޯދުުމުގެ ގޮތުން، މުސްތަޤުބަލުގައި ފަތުރުވެރިކަމުން ލިބެން އޮތް އާމުދަނީ މިބަދަލުތަކުގެ ސަބަބުން ގެއްލިގެންދާނޭ ކަމުގައި އިޤުތިޞާދީ މާހިރުން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.