Advertisement

އައިޓީބީ ފެއާ ބާއްވާ މެސޭ ބާރލިން --

04 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ވިސާ ނުލިބިގެން އައިޓީބީ ފެއާއަށް ބައެއް މީހުންނަށް ނުދެވުނަސް، ފެއާގެ ކަންކަން ދާނީ ރަނގަޅަށް: އެމްއެމްޕީއާރްސީ

ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓީބީ)އަށް މިއަހަރު ރާއްޖެއިން ދިޔުމަށް ކަނޑައެޅި މީހުންގެ ތެރެެއިން 15 މީހަކަށް ވިސާ ނުލިބިގެން ނުދެވުނު ނަމަވެސް ފެއާގެ ކަންކަމަށް އެކަމުގެ ސަބަބުން ބުރުލެއް ނާރާނެ ކަމުގައި އެމްއެމްޕީއާރްސީން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ ޒިހުނީ ރަޝީދު، ވިދާޅުވީ، މިފަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ އެގްޒިބިޓަރުންނާއި އެކު 200 ވުރެ ގިނަ ފަރާތުން ބައިވެރިވާކަމަށެވެ. އަދި ވިސާ ހަމަނުޖެހުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ބޭންޑާއި، ޘަޤާފީ ހުށައެޅުންތައް ދައްކާލުމަށާއި، ނޫސްވެރިންގެ ގޮތުގައި ފެއާ ކަވަރ ކުރުމަށް ދާން ހަމަޖެއްސި ބައެއް މީހުންނަށް ކަމަށެވެ. އަދި އެމީހުންނަށް ވިސާ ހަމަނުޖެހުނީ، ވިސާގެ މަސައްކަތްތަކުގައި ދިމާވި ބައެއް މައްސަަލަތަކުގެ ސަބަބުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޒިހުނީ ވިދާޅުވީ، ދެ މީޑިއާއެއްގެ ނޫސްވެރިންނަށް ވިސާ ލިބި އައިޓީވީއަށް ގެންދެވުނު ކަމަށާއި އެހެންކަމުން އައިޓީބީ ފެއާގެ ރާއްޖޭގެ ސްޓޭންޑްގެ ކަންކަން ކުރިޔަށް ގެންދިޔުމަށް މައްސަލަތަކެއް ދިމާނުވާނެ ކަމަށެވެ. އަދި އައިޓީބީފެއާއަށް އެމްއެމްޕީއާރްސީން ހަމަޖެއްސި އިންތިޒާމްތަކަށް ހޯދަންޖެހޭ ރިފަންޑް ފައިސާ ހޯދުމުގެ މަސައްކަތް އެކުންފުނިން ކުރަމުން ގެންދާ ކަމަށާއި، ވިސާ ނުލިބޭ އެއްވެސް ފަރާތަކަށް ޕޮކެޓް މަނީ ފައިސާ ދޫނުކުރާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އައިޓީބީއަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު އެމްއެމްޕީއާރްސީއަށް ނުލިބުނު ކަމަށާއި، އެކަމުގެ ސަބަބަކަށްވީ، ސަރުކާރު ބަދަލުވެ ކުންފުނީގެ ސީނިއަރ މެނޭޖްމެންޓް ބަދަލުވެގެން ދިޔައިރު، އައިޓީބީ ފެއާއަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ކަންކަން ދުރާލައި ކޮށްފައި ނެތުންކަމުގައިވެސް ޒިހުނީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ރާއްޖެއިން ބައިވެރިވަމުން އަންނަ އެންމެ ބޮޑު ފެއާއަކީވެސް، އައިޓީބީ ފެއާއެވެ. ކޮންމެ އަހަރެއްގެ އައިޓީބީ ފެއާގައިވެސް ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުޚީބެއް ލިބެމުން އަންނައިރު، 2016 ވަނަ އަހަރު އައިޓީބީ ހޯސްޓް ކަންޓްރީގެ ގޮތުގައި ފެއާގައި ބައިވެރިވިއެވެ. މިއަހަރު އައިޓީބީ ހޯސްޓް ކަންޓްރީއަކީ، އޮމާންއެވެ.

މިއަހަރުގެ އައިޓީބީ ފެއާ މާދަމާ ޖަރުމަނުގެ ބާލިގައި ފަށާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.