Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

31 Jan 2024
ޚަބަރު

ފ. މަގޫދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ

ފ. މަގޫދޫ ފަޅުގެ އިރުމަތީކޮޅުގައި ރިސޯޓެއް ތަރައްގީކުރަން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މަގޫދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ރަށު ފަޅުގައި ރިސޯޓެއް ހަދަން ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ މަހު 15 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ރިސޯޓް ހަދައި އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލަށް ސިޓީއެއް ހުށަހަޅައިގެން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

"މަގުދޫ ޓޫރިޒަމް ޒޯން" ހެދުމަށްޓަކައި 10 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ރިސޯޓް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 28ގެ ނިޔަލަށް އޮންނާނެއެވެ 

ސަރުކާރުން އަންނަނީ މަގޫދޫ ފަޅުގައި އެއާޕޯޓެއް ވެސް ތަރައްގީކުރަމުންނެވެ. ރަންވޭގައި 1،800 މީޓަރު ހުންނާނެ މި އެއާޕޯޓް ތަރައްގީކުރަނީ ޕްރައިވެޓް ޖެޓްތައް ވެސް ހިދުމަތް ދެވޭނެ ފެންވަރަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.