Advertisement

މީކާއިލް މަޖިލީހުގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

21 Nov 2023
ޚަބަރު

ފްލެޓް ލިސްޓު ރިވިއުކުރާނެކަމަށް ވިދާޅުވުމުން މިނިސްޓަރަށް ރުހުން ނުދޭން މީކާއިލް ގޮވާލައިފި

އާ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން ދެކޮޅު ހައްދަވައި އެ ގޮތަށްް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދިވަޑައިގެންފިއެވެ. މީކާއިލް މިގޮތަށް އެދިވަޑައިގަތީ ނިމިދިޔަ ސަރުކާރުގައި ފްލެޓް ދޭން ނިންމި ލިސްޓް ރިވިއުކުރާނެ ކަމަށް މިހާރުގެ ހައުސިން މިނިސްޓަރ ވިދާޅުވުމާ ގުޅިގެން މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގައި މިއަދު ފެށި ބަޖެޓް ބަހުސްގައި މީކާއިލް ވިދާޅުވީ، ފެނިގެން ދަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ފޭރިގަންނަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

"އިއްޔެ މި ސަރުކާރުގެ ހައުސިން މިނިސްޓަރު ދެއްވި ޕްރެސް ކޮންފަރެންސުން އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަންނަވަނީ ވެރިކަން ހޯދުމުގެ ބޭނުމުގައި ތިމަންނާމެން އެ ދުވަހު ހެދީ ދޮގޭ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ، މިހާރުގެ ހައުސިން މިނިސްޓަރަށް އޭނާގެ ރުހުން ނުލިބޭނެކަމަށެވެ. 

"މި ހައުސިން މިނިސްޓަރަށް ގްރީން ދިނުމަށް ތްރީލައިން ވިޕެއް އަޅުއްވަން ނަހައްދަވާ. ހަމަގައިމު ވެސް އަޅުގަނޑުގެ ވޯޓެއް މި ހައުސިން މިނިސްޓަރަށް ރުހުން ދިނުމަކަށް ވޯޓެއް ނުދޭނަން." މީކާއިލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތަކަށް ދޭން ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ދުވަސްވަރު ވިދާޅުވެފައިވާ ވާހަކަ ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ، 2 ވަނަ ބުރާ ހަމައަށް ކުރެއްވި ކަންކަމަށް އިހުތިރާމް ނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.