Advertisement

ރައީސް ޑރ. މުޢިއްޒާއި އެކު ޕީޕިއެމް ޕީއެންސީގެ އިސްބޭފުޅުން ---

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

އަބުދުއްރަހީމް ރައީސް ޔާމީނަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި

ވަކި ފަރުދަކަށްވުރެ ޤައުމު ބޮޑުކަމުގައި ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެޑްވައިޒަރަކަށް ޢައްޔަނުކޮށްފައިވާ އަބުދުއްރަޙީމް ޢަބުދުﷲ ރައީސް ޔާމީނަށް ނުސީދާ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ރައީސްް ޔާމީނަށް ރައްދުވާގޮތަށް އަބުދުއްރަޙީމް ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ނުރުހި، ކުރީގެ ރައީސް، ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް، ޕީޕިއެމްއިން ވަކިވެވަޑައިގެންފައި ވަނިކޮށެވެ. ރައީސް ޔާމީނު، ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މެދު ނުރުހުނު ސީދާ ސަބަބުތަކުގެ ތެރޭގައި، އެމަނިކުފާނު މިނިވަން ކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި، ސަރުކާރު އެކުލަވާލެއްވުމުގައި، ރައީސް ޔާމީނުގެ ޚިޔާލާއި މަޝްވަރާ ނުހޯއްދެވުމާއި، ރައީސް ޔާމީނާއިއެކު ޕީޕިއެމްގައި ތިއްބެވި މެމްބަރުން ޕީއެންސީއަށް ބަދަލުކުރަމުން ގެންދިޔުން ހިމެނެއެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވައި، ސަރުކާރާއި ދެކޮޅަށް ނުކުންނެވުމާއި ގުޅިގެން ޢަބުދުއްރަޙީމާއި އަދި ޕީޕީއެމްގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިސަރުކާރުން މަޤާމުތައް ލިބިވަޑައިގެންފައިވާ ބޭފުޅުން ވަނީ ސަރުކާރުގެ ދިފާޢު ކުރުމަށް ނުކުންނަވާފައެވެ. މިގޮތުން ރޭ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދެވީ އެބޭފުޅުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކުގައިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ލިޔަމުންނެވެ.

މިގޮތުން ވެރިކަން ބަދަލުވުމާއި ހަމައަށް ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ދާދިފަހަކާއި ހަމައަށް ހުންނެވި ޢަބުދުއްރަހީމް އެކްސްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ރައީސް ޔާމީނަށް ނިސްބަތްކޮށް ވިދާޅުވީ، "އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މިޤައުމު މާބޮޑު" ކަމަށެވެ. 

މީގެ އިތުރުން ޢަބުދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަކީ އެންމެ ފުރަތަމަ ޤައުމު އިސްކުރާ ދެ ޕާޓީކަމަށެވެ. އަދި އެބޭފުޅުން ތިއްބެވީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއިއެކު ސާބިތުވެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޢަބުދުއްރަހީމަކީ، ޑރ. މުޙައްމަދު މުޢިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެްޓް ހޯދައިދިނުމުގައި، އަދި މުޢިއްޒުއަށް ވެރިކަން ހޯދައި ދިނުމުގައި ރައީސް ޔާމީންގެ ނިންމުންތަކާއި ޚިލާފަށް ޢަމަލީ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެެވެ. 

ރައީސް ޔާމީނުގެ ސަޕޯޓަރުން ތުހުމަތުތައް ކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޔާމީނަށް ނާކާމިޔާބުވުމުގެ ޒިންމާ އުފުލަންޖެހޭ އެއްބޭފުޅަކީވެސް ޢަބުދުއްރަޙީމެެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެންނެވުމަށްފަހުގައި، ރައީސް ޔާމީނާއި އެކުގައި ތިއްބެވި ސިޔާސީ ގޮތުން އިސް ބޭފުޅުންނަށް ސަރުކާރުގެ މަޤާމުތައް ދެއްވައިގެން ޕީޕީއެމްއާ ޕީއެންސީގެ ކޮންޓްރޯލް ރައީސް ޔާމީނުގެ އަތްޕުޅުން ވަނީ އަތުލައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.