Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓު --

24 Nov 2023
ރިޕޯޓް
ޢަލީ ސުލައިމާން

ހަފްތާ 14: ފުރަތަަމަ ހަފްތާ ނިމުނު އިރު ސަރުކާރު ޑިފެންސަށް ކުޅެންޖެހިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރައްވާނެ ކަންކަމުގެ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅުއްވައި އިއުލާނު ކުރައްވާފައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރެއިން ފުރަތަމަ ހަފްތާ ނިމިގެން ދިޔައީ، ސަރުކާރު ރަނގަޅަށް ހިނގައި ނުގަނެވެނީސް ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެގެންނެވެ. އެއީ ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުމާއި އެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގެންނެވުމަށް، ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ކެމްޕޭނުގައި އެމަނިކުފާނުގެ މައިގަނޑު ދެ ވަޢުދެއް އޮތެވެ. އެއީ ވެރިކަމުގެ ފުރަަތަމަ ދުވަހު، ރައީސް ޔާމީން ބަންދުން މިނިވަން ކުރެއްވުމާއި، އިންޑިއާ ސިފައިން ބޭލުމެވެ. ވެރިިކަމުގެ ފުރަތަމަ ހަފްތާ ނިމުނު އިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިދެކަމުން ކުރެ އެއްވެސް ކަމެއް ޙާސިލްވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ސަރުކާރުން ރައީސް ޔާމީން މިނިވަންކުރަން ބޭނުންނުވާ ކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފައެވެ. އަދި ރައީސް ޔާމީނަށް ތާޢީދުކޮށްގެން ތިބި މީހުންނަށް މަޤާމުތަކާއި އެހެނިހެން މާލީ އަދި ސިޔާސީ މަންފާތައް ހޯދައިދީގެން ޑރ. މުއިއްޒުގެ ކޮޅަށް އެމީހުން އަނބުރާލި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ވެރިިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރުމަށް ކަނޑައަޅުއްވާފައިވާ ނުވާ އެއްކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކާމިޔާބު ކުރައްވާފައެވެ. އެއީ ޕީއެންސީއާ ޕީޕިއެމްގެ ކޮންޓްރޯލް ހޯއްދަވައި ރައީސް ޔާމީން ޕާޓީ ދޫކޮށްލެއްވުމަށް މަޖުބޫރު ކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަން ކުރުމަށް ކަނޑައަޅާފައި ވަނީވެސް ހަފްތާ 14 ގެ ނިޔަލަށެވެ. ވެރިކަމުގެ ފުރަތަމަ ހަފްތާ ނިމޭއިރު ހާސިލްކުރާނެ މައިގަނޑު ލަނޑުދަނޑިއެއް ނެތެވެ.

ހަފްތާ 14ގެ ފުރަތަމަ ހަފްތާގައި ކުރުމަށް ކަނޑައަޅާފައި ހުރި ކަންތައްތައް:

- ފުރަތަމަ ދުވަސް:

* ދިވެހިރާއްޖޭގައި ތިބި ބޭރު ސިފައިން ބޭލުމުގެ މަސައްކަތް ފެށުން.

* ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި އަންހެނުން އިތުރު ކުރުމުގެ މަސައްކަތްފެށުން. 

* މަސްވެރިކަމަށް ޚާއްޞަ ވުޒާރާއެއް އުފެއްދުން

* ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއެއް އުފެއްދުން

* ދަނޑުވެރިކަމަށް ޚާއްސަ ވުޒާރާއެއް އުފެއްދުން

* ލާމަރުކަޒީ އުސޫލުން ސަރުކާރުން ހިންގުން ހަރުދަނާ ކުރުމަށް ޚާއްސަ ވުޒާރާއެއް އުފެއްދުން

* ކުޅިވަރަށް ޚާއްސަ ވުޒާރާއެއް އުފެއްދުން.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަފްތާ ނިމުނު އިރު، ފުރަތަަމަ 14 ހަފްތާގެ ފުރަތަމަ ދުވަހު ކުރުމަށް ކަނޑައެޅުއްވި ކަންކަމުގެ ތެރެއިން ކެބިނެޓާއި ގުޅުން ހުރި އިދާރާތައް އުފެއްދެވުމުގެ މަސައްކަތް ވަނީ ނިންމަވާފައެވެ. 

ހަފްތާ 14ގެ ފުރަތަމަ ދުވަހުގައި ކުރުމަށް ކަނޑައެޅުއްވި އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު އެއްވަޢުދުކަމުގައިވާ، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފުރަތަމަ ހަފްތާ ނިމުނު އިރު ހާސިލް ކުރެވިފައެއް ނުވެއެވެ. އޭގެ އިތުރުން ސަރުކާރަށް ފުރަތަމަ ހަފްތާގެ ތެރޭގައި ހާމަކުރެވިފައި ވަނީ ރާއްޖޭގައި ތިިބި އިންޑިއާ ސިފައިންގެ އަދަދު ތަކެވެ. އެ މަޢުލޫމާތަކީ 2021 ވަނަ އަހަރު ކުރީގެ ސަރުކާރުންވެސް އާއްމުކޮށްފައިވާ މަޢުލޫމާތެކެވެ. މީގެ އިތުރުން ފުރަތަމަ ހަފްތާ ނިމުނު އިރު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ވަޢުދުގެ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ކުރެވުނުކަންވެސް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ހަފްތާ 14 ގެ ފުރަތަމަ ދުވަހުގައި، ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި އަންހެނުން އިތުރު ކުރުމުގެ މަސައްކަތްފަށާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް، ވެރިކަމުގެ ފުރަތަމަ ހަފްތާ ނިމިގެން ދިޔައީ ސަރުކާރުގެ ކުންފުނިތަކުގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަނުނުކުރެވިއެވެ. މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ފުރުޞަތު ދެއްވާފައި ވަނީ އެންމެ 3 އަންހެން ބޭފުޅުންނަށް ކަމަށްވާތީ އެކަމާއި ގުޅިގެންވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދެވަނަ ހަފްތާ ނިމޭއިރު، ހާސިލްކުރާނެ އެއްވެސް ލަނޑުދަނޑިއެއް ހަފްތާ 14ގައި ހިމަނާފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.