Advertisement

ފޮޓޯ: ރައީސް އޮފީސް

10 Dec 2023
ޚަބަރު

ހުރިހައި ވަޒީރުންގެ ޝަރުތު ހަމަވާކަމަށް މަޖިލީހުގެ ކޮމެޓީން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 22 ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 22 ވަޒީރުންގެ ޝަރުތު ހަމަވާ ކަމަށް އެއް ރިޕޯޓެއް އެކުލަވާލައި، މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމަށެވެ. އެގޮތަށް ކޮމިޓީއަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންގެ ޝަރުތު ހަމަވޭތޯ ކޮމިޓީން އެއްކުރި ލިޔުންތަކުން އެންމެ ބޮޑަށް ފާހަގަވީ ދެ ވަޒީރެއްގެ އަތުގެ އެހެން ގައުމެއްގެ ޕާސްޕޯޓު އޮތުމެވެ. ނަމަވެސް އެ ދެ ވަޒީރުންވެސް ވަނީ މަގާމާ ހަވާލުވުމުގެ ކުރިން އެ ގައުމުތަކުގެ ރައްޔިތުކަން ވަނީ ދޫކޮށްލާފައެވެ. އެކަން ޔަގީންކުރަން އެދުމުން ރައީސް އޮފީހުން ވަނީ މަޖިލީހަށް އެކަމާ ގުޅޭ ލިޔުންވެސް ހުށަހަޅާފައެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެކުލަވައިލި އެންމެ ގިނަ މިނިސްޓަރުން އެކުލެވޭ ކެބިނެޓެވެ. މި ކެބިނެޓުގައި ހިމެނޭ އަންހެން މިނިސްޓަރުންގެ އަދަދަކީ ތިނެކެވެ.

ރައީސް މުއިއްޒު އެކުލަވާލި މި ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއިން ދަނީ މަޝްވަރާކުރަމުންނެވެ. އެ ޕާޓީއަށް މަޖިލީހުގެ 56 މެންބަރުންގެ މެޖޯރިޓީއެއް އޮވެއެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އޭގެ ތެރެއިން ބައެއް މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ވެސް ވަނީ ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.