Advertisement

މި ސަރުކާރުގެ ކެބިނެޓް

27 Nov 2023
ޚަބަރު

ވަޒީރުންގެ އެހެން ޤައުމެއްގެ ޕާސްޕޯޓު އޮތްތޯ ޔަޤީންކުރަން ރައީސް އޮފީހުގައި އެދިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި އެހެން އެއްވެސް ޤައުމެއްގެ ޕާސްޕޯޓެއް އޮތް ބޭފުޅަކު ހުންނެވިތޯ ބަލަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ނިންމަވައިފިއެވެ.

އައު ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅުއްވި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމެޓީން ގެންދަވަނީ ކުރައްވަމުންނެވެ.

ކޮމެޓީގެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޙުސައިން ޒިޔާދު ވިދާޅުވީ، ވަޒީރުން މަޖިލީހަށް އައްޔަންކުރެއްވި ބައެއް ބޭފުޅުންނަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވި ބޭފުޅުންކަމަށެވެ. އެހެންކަމުން، އެ ބޭފުޅުންގެ އަތުގައި އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮވެދާނެތީ އެކަން ބެލުމަށް އިމިގްރޭޝަނުގައި އެދިވަޑައިގެންނެވިކަމަށެވެ. އެއީ އެ އިދާރާގެ އިހްތިސާސްގައި ހިމެނޭކަމެއް ނޫންކަން އިމިގްރޭޝަނުން މަޖިލީހަށް އަންގަވާފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ.

ވަޒީރުން މަޖިލީހަށް ކޮމެޓީއަށް ހާޒިރުކުރަންވެސް މެމްބަރަކު ހުށައެޅުއްވިއެވެ. އެހެންނަމަވެސް ރުހުން ދިނުމުގެ މަރުހަލާގައި އެއްވެސް ވަޒީރަކާއި އިންޓަރވިއު ނުކުރެވޭނެކަމަށް ސުޕްރީމްކޯޓުން ނިންމަވާފައިވާތީ ކޮމެޓީން ނިންމެވީ ރައީސް އޮފީހުން މައުލޫމާތު ސާފުކުރެއްވުމަށެވެ. އެގޮތުން ވަޒީރުކަމަށް އައްޔަންކުރެއްވި ބޭފުޅުންގެ ރަށްވެހިކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް ރައީސް އޮފީހުގައި އެދިވަޑައިގަތުމަށް ކޮމެޓީން ވަނީ ފާސްކުރައްވާފައެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން، ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ ވަޒީރުންނަކީ، އެހެން ގައުމެއްގެ ރައްޔިތަކަށް ވެގެން ނުވާނެއެވެ.

މި ސަރުކާރުގެ ކެބިނެޓުގައި އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ ކަމަށް ބެލެވެނީ އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ނިއު ޒީލެންޑުގައި އުޅުއްވި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.