Advertisement

ފެނަކަ ކޯޕަރޭޝަނުގެ އައު އެމްޑީ މުޢާޒް މުޙައްމަދު ރަޝީދު ---

28 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ފެނަކަ އެމްޑީއަކަށް ކުރީގެ މެމްބަރު މުޢާޒް

ސަރުކާރުގެ އެންމެ ބޮޑު ޔުޓިލިޓީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރުގެ މަޤާމަށް، ކުރީގެ މަޖިލިސް މެމްބަރު މުޢާޒް މުޙައްމަދު ރަޝީދުއައްޔަނު ކުރައްވައިފިއެވެ.

މުޢާޒު ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެ ވަޑައިގެން އަންގާރަދުވަހު ވަނީ މަސައްކަތްޕުޅު ފައްޓަވާފައެވެ.

މުއާޒަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޑަވެލި ދާއިރާގެ މެމްބަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. 

Advertisement

މުޢާޒް ފެނަކަ ކޯޕަރޭޝަނާއި ހަވާލުވެވަޑައިގެންނެވި އިރު، އެކުންފުނި އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައެވެ.

ފެނަކައިގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް މުޢާޒް މުހައްމަދު ރަޝީދު ޢައްޔަނު ކުރުމާއި ގުޅިގެން އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2024
ޚަބަރު
ހަނގުރާމަމަތީ މަތިންދާބޯޓުތައް ރާއްޖެއަށް ޖެއްސީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން: އެމްއެންްޑީއެފް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ، ހަނގުރާމަމަތީ ހަތަރު މަތިންދާބޯޓާއި، އެ ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުގައި ދަތުރުކުރާ އަސްކަރީ އެހެން މަތިންދާބޯޓެވެ.
02 Jul 2024
ޚަބަރު
ސަމޯއާ އެގްރިމެންޓްގައި ހިމެނޭ އިސްލާމްދީނާ ފުށުއަރާ ކަންކަމަށް ރާއްޖެއިން ޢަމަލެއް ނުކުރާނެ: ސަރުކާރު
ހީނާ ވަލީދު މިހެން ވިދާޅުވީ، ސަމޯއާ އެގްރިމެންޓްގައި ރާއްޖެއިން ސޮއެކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއިއެކު އިއްޔެ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއެކުރުމާއި ގުޅިގެން ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، އެކްސްގައި ލިޔުއްވި ޕޯސްޓުގައެވެ.
02 Jul 2024
ޚަބަރު
ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރެއްވުމާއި ދެކޮޅަށް ޤާސިމް އިބްރާހީމް ވާހަކަފުޅު ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި, ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ، ޤަރާރުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
02 Jul 2024
ޚަބަރު
މަސްގަންނަ އަގު ދަށްކޮށްގެންވެސް ވަޢުދުވީގޮތަށް މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ނުދެވޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރާއްޖޭގެ ބައެއް މީޑިއާތަކާއި އިއްޔެ ބައްދަލުކުރައްވައި މަސްވެރިކަމުގެ ސިނާޢަތު ރަނގަޅު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާ ދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.