Advertisement

ފޮޓޯ: ރައީސް އޮފީސް

17 Feb 2024
ޚަބަރު

ސްރީލަންކާގެ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދަށް ނައިބު ރައީސް ހިތްވަރުދެއްވައިފި

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހިތްވަރުދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ،  ރާއްޖޭގެ ސްކައުޓް ހަރަކާތަށް 60 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ރާއްޖެފަދަ ވަށައިގެން މާކަނޑުއޮތް ތިމާވެށީގެ ނާޒުކު ޤައުމެއްގައި ސްކައުޓުން އަގުހުރި ޤައުމީ ހިދުމަތްތަކެއް ކޮށްދީފައިވާކަމަށެވެ. 

ޤައުމަށް ދިމާވާ އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް އެންމެ ހަރަކާތްތެރި އެންމެ މަދަދުވެރި ބައެއްގެ ގޮތުގައި ފެނިގެންދަނީ ފަހުރުވެރި ދިވެހި ސްކައުޓުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ޖަންބަރީއަށް ލަންކާއަށް ޖަމާވާ އެކި ޤައުމުތަކުގެ ތެރޭގައި އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ޖަންބަރީގައި ދިވެހި ސްކައުޓުން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ އެންމެހައި ދިވެހިންގެވެސް އުންމީދުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޖަމްބޮރީ ތެރޭގައި ސްކައުޓުން ހަރަކާތްތެރިވާއިރުވެސް ރިވެތި އަޚުލާޤާއި، ސުލޫކުން ނަމޫނާ ދައްކައި، އެކުވެރިކަމާއި، ބަދަހިކަންމަތީ ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ނަމާދަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތައި، އިސްވެރިންނަށް އިޙުތިރާމުކުރާ ބަޔަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކައުޓް ޖޮމްބޮރީ ފަދަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ލީޑަރުން ކުރައްވާ މުހިންމު، އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެބޭފުޅުން ދިވެހި މުޖުތަމަޢު ހަރުދަނާކުރުމަށް ކުރައްވާ ޚިދުމަތްތަކަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެއިން 242 ސްކައުޓުން ބައިވެރިވެއެވެ. މި ޖަމްބޮރީއަށް ލަންކާއަށް ޖަމާވާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޖަމާއަތަކީ ދިވެހި ސްކައުޓުންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.