Advertisement

އިންތިހާބީ ނައިބު ރައީސް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް. ފޮޓޯ: ސޯޝަލް މީޑިއާ

07 Oct 2023
ޚަބަރު

އިންތިހާބީ ނައިބް ރައީސްގެ ގޮނޑި ހުސްވިޔަސް، ބައި އިލެކްޝަނެއް ނޯންނާނެ: އީސީ

ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަން ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީއިން މިހެން ބުނެފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިންތިހާބީ ނައިބު ރައީސްކަމަށް ހޮވިފައިވުމާއި ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްކަމަށް އަންނާނެތީ އެކަމަށް އިޝާރާތްކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އަންނަ ނޮވެމްބަރު 17 ގައި ނައިބު ރައީސްގެ މަގާމަށް ހުވާ ކުރައްވާނެއެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލް ކުރެއްވި ދާއިރާ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ހުސްވާނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް މެންބަރެއްގެ ގޮނޑި ހުސްވާ ތާރީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު 6 މަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އެ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރާކަށް ނުޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރު ކުރީކޮޅު ބާއްވާނެއެވެ. އެހެންކަމުން ފަރެސްމާތޮޑާ ދާއިރާއަށްވެސް މެންބަރަކު ހޮވާނީ އެ އިންތިހާބުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.