Advertisement

އެމްއޭސީއެލްގެ ހައްޖު ދަތުރު ލިބުނު މީހުންނަށް އެކަމުގެ ލިޔުން ހަވާލު ކުރުން --

09 May 2024
ޚަބަރު

އެމްއޭސީއެލްގެ ޚަރަދުގައި ހައްޖަށް ފޮނުވާ 10 މުވައްޒަފުން ހޮވައިފި

މި އަހަރު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ޚަރަދުގައި ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލު ކޮށްފިއެވެ.

އެމް.އޭ.ސީ.އެލްއިން އެކުންފުނީގެ މުވައްޒަފުންނަށްދޭ ހައްޖުދަތުރަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުންފުނީގެ ފަރާތުން ދޭ ހައްޖު ދަތުރުތަކެކެވެ.

މިކަމަށްޓަކައި މިއަދު ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ހައްޖަށް ފޮނުވުމަށް ހޮވުނު މުވައްޒަފުންނަށް ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ. މިރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި، ސީނިއަރ މެނޭޖްމެންޓުގެ ބޭފުޅުން އަދި ޙައްޖު ސްޕޮންސަރޝިޕް ލިބުނު މުވައްޒަފުންގެ އާއިލާގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މުވައްޒަފުންނަށް ޙައްޖުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އެކު ކުރެވުނު މަސައްކަތްތަކުން އެފުރުސަތު މުވައްޒަފުންނަށް ފަހިވެގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. މީގެ އިތުރުން ކުންފުނިން މިކަމަށް ދޭ އިސްކަން ވަރަށް ބޮޑު ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެމުން އަންނަ ފުރުސަތުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

 އެމް.އޭ.ސީ.އެލް އިން މި ފުރުސަތު ލިބުނު 10 މުވައްޒަފުންނަކީ:

· ޢަބްދުލް ލަތީފް ޢަލީ - އެމްޕްލޯއީ  ފެސިލިޓޭޝަން  އެންޑް  ޓްރާންސްޕޯޓް

· އަޙްމަދު ޖަލީލް - އެމްޕްލޯއީ  ފެސިލިޓޭޝަން  އެންޑް  ޓްރާންސްޕޯޓް

· މުޙައްމަދު ރަޝީދު އަބްދުއްﷲ - ވޯޓާ  އެންޑް  ސްވަރޭޖް  ސަރވިސަސް

· އަޙްމަދު ޢާދިލް - މެކޭނިކަލް ސަރވިސަސް

· ޢަލީ ރިޔާޒް އިސްމާޢީލް - އޭރޮނޮޓިކަލް އިންފޮމޭޝަން ސަރވިސަސް

· އިބްރާހިމް ސިރާޖު - ޓަރމިނަލް  ފެސިލިޓީ  މެނޭޖްމަންޓް

· އިބްރާހިމް ޚާލިދު - އެއަރ  ޓްރެފިކް  ސަރވިސަސް

· އަޙްމަދު އިބްރާހިމް - ފިއުލް  ސަރވިސަސް

· ޙައްވާ ޝަޒްދާ - ބެގޭޖް  ސަރވިސަސް

· ޖީޒާ މުޙައްމަދު – ޓެލެންޓް އެކުއިޒިޝަން އެންޑް ޓޯޓަލް  ރިވަރޑްސް

2017 ވަނަ އަހަރުން ފެށިގެން އެމް.އޭ.ސީ.އެލްއިން މުވައްޒަފުންނަށް ޙައްޖުގެ 10 ފުރުސަތު ހޯދައިދެމުން ގޮސްފައިވެއެވެ. އަދި ކޮވިޑުގެ ޢާލަމީ ވަބާއާއި ގުޅިގެން މެދު ކެނޑުމަށްފަހު މިދިޔަ އަހަރުން ފެށިގެން މުވައްޒަފުންނަށް މި ފުރުސަތު އަލުންދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 5 ފުރުޞަތުގައި 5 މުވައްޒަފުންނަށް ޙައްޖު ސްޕޮންސަރ ދެވިފައި ވެއެވެ. އަދި މިއަހަރުގެ ކޯޓާ އިތުރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 10 ބޭފުޅުންނަށް ފުރުޞަތު ވަނީ ހޯދައި ދެވިފައި ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ. އެމްއޭސީއެލް އިން ބުނީ، ޙައްޖުގެ ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.

އެމް.އޭ.ސީ.އޭލްއިންދަނީ ކުންފުނީގެ މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށް ގިނަ ދުވަހު މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.