Advertisement

16 Jul 2024
ޚަބަރު

‎މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް އެއަރޕޯޓުގައި އިތުރު ދެ ޗެކްޕޯސްޓް ގާއިމްކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށާއި މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް އިތުރު ދެ ސެކިއުރިޓީ ޗެކްޕޯސްޓެއް ގާއިމްކޮށްފިއެވެ. މި ޗެކްޕޯސްޓްތައް ޤާއިމްކުރީ ވީއައިއޭގެ ހުޅަނގާއި އިރުމަތީ ފަރާތުގައެވެ. 

ޗެކް ޕޯސްޓްތައް ހުޅުވުމުގެ ގޮތުން ވީއޭއައިގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ. އަދި ޗެކް ޕޯސްޓްތައް ހުޅުވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ޒަމާނީ ފެންވަރަށް ޤާއިމުކުރި މިޗެކް ޕޯސްޓްތަކުން އެއަރ ސައިޑަށް އަންނަ މީހުންނާއި ވަންނަ ހުރިހާ އުޅަނދު ފަހަރު އޭވިއޭޝަން ސެކިއުރިޓީން ވަރަށް ރަނގަޅަށް ބަލާނެ ކަމަށެވެ. އަދި މި ޗެކްޕޯސަޓާއެކު ކަސްޓަމްސްގެ މަސައްކަތްތަކަށް އިތުރަށް ފަސޭހަވެގެން ދާނެކަމަށް ވިދާޅުވެފައިވެއެވެ. 

އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ މި ގާއިމުކުރެވުނު ދެ ޚިދުމަތާއެކު އެތެރޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ސްކޭން ކުރެވޭނެ އިތުރު ނިޒާމުތައް ޤާއިމުކުރެވިގެންދިޔަ ކަމަށެވެ. 

އަދި އެއަރސައިޑުގައި ވަރަށް އަވަހަށް ލަގެޖް ބަލަހައްޓާ މެޝިނެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރަށް ސްކޭން ކުރެވި، ފޮށިތައް ބަލެމުގެ މަސައްކަތް ހަރުދަނާކަމާއެކު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.