Advertisement

އައު މޮނިއުމެންޓު، ފޮޓޯ: އެމްއޭސީއެލް

09 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މޮނިއުމެންޓަކާއެކު ވެލާނާ އެއަރޕޯޓުގެ އައު ކުލަވަރު ފެންނަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަންނަ ދަތުރު ވެރިންނަށް މަރުހަބާ ކިއުމުގެ ގޮތުން އައު މޮނިއުމެންޓެއް މިއަދު އެ އެއަރޕޯޓުގައި ހުޅުވައިފިއެވެ. ސިނަމާލެ ބްރިޖުން ނުވަތަ ހުޅުމާލެ ހައިވޭއިން ގޮސް އެއަރޕޯޓަށް ވަންނަ އިރު އެންމެ ފުރަތަމަ ފެންނާނީ މި މޮނިއުމެންޓެވެ.

މި މޮނިއުމެންޓުން ފެނިގެންދަނީ އައު ޕެސެންޖަރ ޓަރމިނަލްގެ ކުލަވަރެވެ. އެގޮތުން މި މޮނިއުމެންޓުގައި ދެފަރާތުން ހުންނަ ދެ ކޮލަމުގެ މެދުގައި ބޭނުންކޮށްފައިވަނީ، ޕެސެންޖަރ ޓަރމިނަލުގެ ބޭރުން ފެންނަ ޑިޒައިނެވެ. އަދި މޮނިއުމެންޓުގެ އެންމެ މަތީގައި ހަރުކޮށްފައިހުރީ LED ސްކްރީންއެކެވެ. އެއަރޕޯޓުން މައުލޫމާތުދޭ ގޮތުގައި، މި ސްކްރީނުން ދައްކާނީ އެވަގުތަކު އެއަރޕޯޓުގައި ކުރިޔަށްދާ ހަރަކާތްތަކެވެ.

މޮނިއުމެންޓު ފެންނަ ގޮތަށް މަތިން ނަގާފައިވާ މަންޒަރެއް، ފޮޓޯ: އެމްއޭސީއެލް

އެއަރޕޯޓްސް ކޮމްޕެނީއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަކީ، އެއަރޕޯޓު ބޭނުންކޮށް ހިދުމަތްތައް ހޯދާ ފަރާތްތަކަށް އެއަރޕޯޓުގައި ކުރެވޭ ތަޖުރިބާގެ އިހުސާސް ރަގަޅު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ އުމްރާނީ ތަރައްގީގެ ބައެކެވެ.

މިއާއެކު، އެއަރޕޯޓުގެ ޓްރެފިކް ފްލޯރ ރަގަޅު ކުރުމުގެ މަސައްކަތްތަކެއް ވެސް މިވަގުތު ކުރިޔަށްދާކަމަށް އެ ކުންފުނިން މައުލުމާތު ދެއެވެ. އެގޮތުން އެއަރޕޯޓުގައި ކަނޑައަޅާފައިވާ ޕެސެންޖަރ ޕިކް-އަޕް ޕޮއިންޓުތައް ބަދަލުކޮށް، އެއަރޕޯޓުގެ ޓްރެފިކް ފްލޯ އޮމާން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އެއަރޕޯޓްސް ކޮމްޕެނީއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.