Advertisement

އަތުލައިގަތް ޑޮލަރު ނޫޓުތައް

25 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއިން ވަގަށް ބޭރު ކުރަން އުޅުނު 81000 ޑޮލަރު އަތުލައިގެންފި

ބަނގުލަދޭޝް މީހަކު، ރާއްޖެއިން، ވަގަށް 81000 ޑޮލަރު ހިފައިގެން ފުރަން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓައިފިއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު (25 އޯގަސްޓް 24) ޔޫއެސް ބަންގްލާ އެއަރލައިންސް (BS338) އިން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ޤަވާޢިދާއި ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81030 ޑޮލަރު ވަނީ އަތުލައިގެންފައެވެ.

އެމީހާ މަސައްކަތްކޮށްފައި ވަނީ، ސީރިއަލް ޕަކެޓެއްގެ ތެރޭގައި ޑޮލަރުގެ ނޫޓުތައް ފޮރުވައިގެން ރާއްޖެއިން ބޭރަށް ގެންދިޔުމަށެވެ. 

ޑޮލަރުތައް ފޮރުވާފައި ހުރި ޕަކެޓް --

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވިދާޅުވީ، އެމީހާ އާއި ފައިސާ ކަމާއި ބެހޭ ފަރާތްތަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގިނަ އަދަދެއްގެ ޑޮލަރު،، ޤަވާއިދާއި ޚިލާފަށް ރާއްޖެއިން ބޭރު ކުރެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.