Advertisement

މެލޭޝިއާ އެއާލައިންގެ މަތިންދޯ ބޯޓު ވެލާނާ އެއާޕޯޓުގައި ---

01 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށައިފި

މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.

މިގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަރނޭޝަނަލް އެއަރޕޯޓުން  ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު 11:20 ގައެވެ. މިބޯޓުން 168 ފަސިންޖަރުން ވަނީ މާލެއަށް އައިސްފައެވެ.

މެލޭޝިއާ އެއަރލައިންސްއަށް މަރުހަބާ ކިޔުމަށް މިއަދު އެއާޕޯޓުގައި  ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ އިތުރުން މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއަރލައިންގެ ޗެކިންގ ފަށާފައި ވަނީވެސް ޚާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާ އެއަރލައިންސްގެ ޗެކިން ކައުންޓަރ ހުޅުއްވައިދެއްވީ މެލޭޝިއާ އެއަރލައިންސްގެ އިސްވެރިންނާއި އެމް.އޭ.ސީ.އެލްގެ ޓަރމިނަލް އަދި ޕަސެންޖަރ ސަރވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރުންނެވެ.

މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުން ފާހަގަކުރައްވާ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ކުރެވޭ ވައިގެ ދަތުރުތައް، މެލޭޝިއާ އެއަރލައިން އާއި އެކު އިތުރުވެގެން ދިޔުމަކީ އިޤްތިޞާދީގޮތުން ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެއަރލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާޙައުލެއް ޤާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމުގައި ވިދާޅުވިއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމާއި ގުޅިގެން، އެމް.އެމް.ޕީ.އާރް.ސީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފެށިގެން ދިޔުމާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއަރލައިންތަކާއެކު ޤާއިމުކުރެވޭ ގުޅުންތަކަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އެމް.އެމް.ޕީ.އާރް.ސީ އިން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްކަމުގައި ޝިއުރީ ފާހަގަކުރެއްވިއެވެ.

ކޮންމެ ދުވަހަކުވެސް މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 800-737 މަކުރާގެ 174 ސީޓުގެ ފުލައިޓެކެވެ. މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. 

މެލޭޝިއާ އެއާލައިން އިން މިއަދު ރާއްޖެއަށް ދަތުރުތައް ފެށި އިރު، އެއަރ އޭޝިއާ އަދި ބަޓިކް އެއަރ އިންވެސް ދަނީ މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.