Advertisement

ސީޝެލްގެ ވަފުދުން އެއަރޕޯޓު ބައްލަވާލަނީ-- ފޮޓޯ: އެމްއޭސީއެލް

26 Aug 2024
ޚަބަރު

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ސީޝެލްގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަފުދެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށްފި

ސީޝެލްސް އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތަޖުރިބާ އާއި ލަފާ ހޯދުމަށް އެ ގައުމުގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަފުދެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި ސީޝެލްސްގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޓަނީ ޑެޖާކް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސީޝެލްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއި އެމް.އޭ.ސީ.އެލްގެ މެނޭޖްމަންޓުންވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަފްލާހް އާއި  ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުއާޒް ރަޝީދު އަދި ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނޮރަރީ ކޮންސުލް މުހައްމަދު ފިރާޤް ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) އިން މައުލޫމާތު ދީފައިވާ ގޮތުގައި ސީޝެލްގެ ޓީމުގެ އެންމެ ބޮޑު ބޭނުމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފަދަ މެގަޕްރޮޖެކްޓެއް ނިންމުމުގައި ރާއްޖެއިން ތަޖުރިބާކުރި ގޮންޖެހުންތައް ދެނެގަނެ، ސީޝެލްސްއިން އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެ ތަޖުރިބާގެ ބޭނުން ހިފުމެވެ. އެހެންކަމުން ސީޝެލްގެ އެއަރޕޯޓް ތަރައްޤީ ކުރުމުގައި އެބޭފުޅުންނަށް ހުރި ގޮންޖެހުންތަކާއި، ގެންގުޅުއްވާ ވިސްނުން ޙިއްސާކޮށް އެކަމުގައި އެމް.އޭ.ސީ.އެލްގެ ތަޖުރިބާކާރު ޓީމްތަކުގެ ލަފާވަނީ ހޯދާފައެވެ. މީގެ އިތުރުން ރާއްޖެފަދަ ޖަޒީރާ ޤައުމަކުން މިހާ ފުރިހަމަ އެއަރޕޯޓެއް ތަރައްޤީ ކުރުމުގައި ގެންގުޅޭ ވިސްނުންތަކާމެދު ޚިޔާލު ބަދަލުކޮށްފައިވެއެވެ.

އެމްއޭސީއެލްއާ ސީޝެލްގެ ޓީމާ އޮތް ބައްދަލުވުމަށްފަހު ސީޝެލްސްގެ ވަފުދުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނިމިފައި ހުރި ފެސިލިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ބޭނުން ހިފަމުންދާ ގޮތް ބަލާފައެވެ. އަދި ތަރައްޤީ ކުރަމުން އަންނަ އައު ޓާރމިނަލާއި އެއާއިގުޅޭ އެހެނިހެން މަސައްކަތްތައްވެސް ބަލާފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.