Advertisement

މެލޭޝިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

01 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

އެއާލައިންތަކުގެ ގްރައުންޑް ހޭންޑްލިންގ އޭޖެންޓުންނަކީ ދިވެހި ކުންފުނިތަކަށް ހައްދަވާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވެއްޖެ

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ގްރައުންޑް ހޭންޑްލިންގ އޭޖެންޓުންނަކީ ދިވެހި ކުންފުނިތަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއަރލައިނަކީ،  ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށާއި މެލޭޝިއާ އެއަރލައިންގެ ދަތުރުތައް ފެށުމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް އެކަމުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭހެން،  އޯޝޭނިއާގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ މަގުތައް ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސަރވިސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ހޭންޑްލިންގ އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުންކަމަށެވެ. އެގޮތުން ދިވެހިންނަށް ޖީ.އެސް.އޭ ގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއޭސީއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި، މިއަދުންފެށިގެން ކޮންމެ ދުވަހަކުވެސް، މެލޭޝިއާ އެއާައިންގެ ދަތުރުތައް ރާއްޖެއަށް ކުރަމުންގެންދާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.