Advertisement

12 Jul 2024
ޚަބަރު

ކޮންގްރެސްގައި ބައިވެރިވި ގިނަ މީހުނަށް މިއީ އެމީހުންގެ ކެރިއަރުގައި އެންމެ ކާމިޔާބު އިވެންޓު: މުޖުތަބާ

އެއާރ ސާވިސް ވޯލްޑް ކޮންގްރެސްގެ 7 ވަނަ ބައްދަލުވުން ރާއްޖޭގައި މިފަހަރު ބޭއްވި އިރު، މިއީ މި ކޮންގްރެސްގައި ބައިވެރިވި އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ގިނަ ބަޔަކަށް، އެމީހުންގެ ކެރިއަރުގައި ކުރެވުނު މިފަދަ އެންމެ ރަގަޅު ތަޖުރިބާކަމާއި، އަދި މިއީ އެމީހުނަށް އެންމެ ކާމިޔާބު އިވެންޓު ކަމުގައި އެމީހުން ޕާސަނަލީ ބުނެފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވެއްޖެ އެވެ. މި ވާހަކަތައް ލަތީފާއި އެމީހުން ހިއްސާކޮށްފައިވަނީ، ކޮންގްރެސްގެ ތެރެއިން ވަކިވަކިން މީހުނާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ތެރެއިންކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.

ކޮންގްރެސް ނިންމާލުމަށްފަހު މުޖުތަބާ ދެއްވި އިންޓަވިއުގައި އިތުރަށް ވިދާޅުވެފައިވަނީ، ޓޫރިޒަމް މިިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި ދާއިރާގެ އެހެނިހެން ފަރާތްތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވަން އަބަދުވެސް ގިނަ މަސައްކަތްތަކެއް އެމްއޭސީއެލް އިން ކުރާނެ ކަމަށެވެ.

އަދި މި ކޮންގްރެސްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ދުނިޔޭގެ އެތައް ބަޔަކަށް ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށާއި، މިއީ މާކެޓިން ބޮޑު އިވެންޓަކަށްވުމުން، ރާއްޖެއަށް ތަފާތު ގައުމުތަކުގެ އެއާލައިންތައް ގެނައުމުގަޔާއި ފަތުރުވެރިން ރާއްޖެއަށް ޝައުުގުވެރިކުރުވުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މުޖުތަބާ ފާހަގަ ކުރެއްވެވިއެވެ.

މި ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ވަނީ ކިޔާދީގައެވެ. މިއާއިއެކު މި ކޮންގްރެސްގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފައެވެ. އަދި ވިޔާފާރީގެ ގުޅުންތައް އުފެދި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތުތައް ވަނީ ބައިވެރިންނަށް ލިބިގެން ގޮސްފައެވެ.

މިމަހު 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި ގުޅިގެންނެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ 2010 ވަނަ އަހަރުން ފެށިގެން ވައިގެ ދަތުރުފަތުރުގެ ދާއިރާގެ  ތަފާތު ވިޔަފާރިތަކުގެ މެދުގައި ނެޓްވޯރކިންގ އާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައިނަލްއަގްވާމީ ބައްދަލުވުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.