Advertisement

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ގެ ވިމެންސް އެޑިޝަން ---

19 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ގެ ވިމެންސް އެޑިޝަން އެމްއޭސީއެލްއިން ސްޕޮންސަރކޮށްފި

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ގެ ވިމެންސް އެޑިޝަން އެމްއޭސީއެލްއިން ސްޕޮންސަރކޮށްފިއެވެ.

މިކޮންފަރެންސަކީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުވުމަށް ހިއްވަރު ދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މަޓާޓޯއިން ކުރިޔަށް ގެންދާ މިކޮންފަރެންސް މިއަދު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެެވެ. ކޮންފަރެންސް ކުރިޔަށް ދިޔައީ މާލޭގައި ހުންނަ ހޮޓެލް ޖެންގައެެވެ.

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން މިކޮންފަރެންސް ސްޕޮންސަރކޮށްދިނުމުގެ މައިގަނޑު މަޤުޞަދަކީ، އެމް.އޭ.ސީ.އެލްއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކަމަށް ވުމާއިއެކު ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެއްބާރުލުން ދިނުމެވެ. އަދި ޚާއްޞަކޮށް އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ހުރި ގޮންޖެހުންތައް ނައްތާލުމާއި، އަންހެނުން ބާރުވެރިކުރުވުމަށް ހިއްވަރު ދިނުމެވެ.

މިކޮންފަރެންސް ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ވަނީ، ިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގެ ގޮތުން ހަޤީޤީ ބަދަލެއް ގެނައުމަށްޓަކައި، ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުން މުހިއްމު ކަމުގައި ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން އެކަމަނާ ވިދާޅުވީ، އަންހެނުންނަށް މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް 2024 ގެ ވިމެންސް އެޑިޝަން ބާއްވާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން، ވިމެން އިން މެނޭޖްމަންޓް، ވިމެން އޮން ބޯޑްސް އަދި ވިމެން އެންޓަރޕްރެނަރސް އެސޯސިއޭޝަން ފަދަ ފަރާތްތަކާއި ގުޅިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.