Advertisement

03 Dec 2024
އެމްއޭސީއެލް

މެއި މަހު ފެށި ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް 1000 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފި

މެއި މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން ފެށި ސީ-ޓު-އެއާ ކާރގޯ ޓްރާންޝިޕްމެންޓް މެދުވެރިކޮށް މިހާތަނަށް 1000 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފައިވާ ކަމަށް، އެއަރޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. 

ސީ-ޓު-އެއާ ކާގޯގެ ޚިދުމަތަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ، ރައްކާތެރިކަމާއެކު ވައިގެ މަގުން އެހެން މަންޒިލުތަކަށް ފޮނުވުމަށް އެމްއޭސީއެލްއިން ފެށި ޚިދުމަތެކެވެ.

މި ޚިދުމަތް މެދުވެރިކޮށް މި އަހަރުގެ މިހާތަނަށް މައިގަނޑުގޮތެއްގައި އެކްސްޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތަކެވެ. 

އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއާއި ލަންޑަނާއި ދެމެދު ދަތުރުކުރާ ވަރޖިން އެޓްލާންޓިކް ވެސް ވަނީ މި ޚިދުމަތާއި ހޯމަ ދުވަހު ގުޅިފައެވެ. އެހެންކަމުން މިހާރު މި ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުންޏާއި 12 އެއަރލައިނެއް ގުޅިފައިވާކަމަށް ހާމަކޮށްފައިވެއެވެ. 

ވާޖިން އެޓްލާންޓިކްގެ އިތުރުން އެމްއޭސީއެލް އާއި ގުޅިގެން މި ޚިދުމަތް ފޯރުކޮށްދޭ އެއާލައިންތަކުގެ ތެރޭގައި ދެން ހިމެނެނީ:

ޓާކިޝް އެއަރލައިންސް

ގަތަރު އެއަރވޭސް

އެމިރޭޓްސް އެއަރލައިން

އިއްތިހާދު އެއަރވޭސް

އޭރޯފްލޮޓް

ނިއޯސް

ގަލްފް އެއާ

ޑިސްކަވާ އެއަރލައިންސް

އޮސްޓްރިއަން އެއަރލައިންސް

ކޮންޑޯ

ބްރިޓިޝް އެއާވޭސް

އެމްއޭސީއެލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ޚިދުމަތާއެކު އެ ކުންފުނިން ދެމުންގެންދާ ކާގޯގެ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ. އަދި ދުނިޔޭގެ ކާގޯ ލޮޖިސްޓިކްސް ޗެއިންގައި ވީއައިއޭގެ ހިއްސާ އޮތުމަކީ އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.